ލުބްނާނުން އާންމުން މަރުވުމުންދާތީ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފި

އަހުމަދު މުހައްމަދު
އޭޕްރިލް 10, 2026

އިޒްރޭލުން ނުބުނާނަށް ދެމުންގެންދާ ހަމަލާތަކުގައި ގިނައަދަދެއްގެ އާންމުން މަރުވަމުންދާތީ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެގައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ރަންދީރު ޖައިސްވާލް ވިދާޅުވީ، ލުބްނާނުގައި އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ އާންމުން މަރުވަމުންދާ ކަމަށާއި އެއީ އިންޑިއާ އިން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އދ.ގެ ސުލްޙަ ބަލަހައްޓާ ފައުޖަށް ސިފައިން ފޮނުވާ ގައުމެއްގެ ހައިސިއްޔަތުންނާއި އަދި ލުބްނާނުގެ ސުލްހައާއި ސަލާމަތަށް އިންވެސްޓް ކުރާ ޤައުމެއްގެ ހައިސިއްޔަތުން، ލުބުނާނުގައި އިޒްރޭލުން މިހާރު ހިންގަމުންދާ ކަންކަމާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށް އިންޑީއާއިން ބުނެފައިވެއެވެ.

ރަންދީރު ވިދާޅުވެފައިވަނީ ކޮންމެ ގައުމަކުން ވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބަންޖެހޭ  ކަމަށެވެ. އަދި ގައުމުތަކުގެ ސިޔާދަތާއި ސަރަހައްދީ ސުލްހައާއި އާމާން ކަމަށް އިހުތިރާމް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *