އިޒްރޭލުގެ ހަމަލާތަކުގައި ކުޑަކުދިންނަށް ދަނީގެއްލުންވަމުން: ޔުނިސެފް

އަހުމަދު މުހައްމަދު
އޭޕްރިލް 10, 2026

އިޒްރޭލުން ލުބްނާނަށް ދިން ވައިގެ ހަމަލާތަކުގައި 33 ކުޑަކުދިން މަރުވެ 153 މީހުން ޒަޚަމްވެފައިވާ ކަމަށް އދ.ގެ ކުޑަކުދިންގެ ކަންކަން ބަލައްހައްތާ އޭޖެންސީ ޔުނިސެފުން ބުނެފިއެވެ.

ޔުނިސެފުން ބުނީ އިޒްރޭލުން ލުބުނާނުގައި މިހާރު ހިންގަމުންދާ ލޭއޮހޮރުވުންތަކުގައި 600 އެއްހާ ކުޑަކުދިން މަރުވެފައިވާ ކަމަށެވެ. އަދި 390،000 ކުޑަކުދިން ހިމެނޭ ގޮތަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައި ކަމަށް ވެސް ބުނެފައިވެއެވެ.

އެ އެޖެންސީން ބުނީ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ތަންތަނުން ކުދިން ނެރެވުނަށް އެތައް ކުޑަކުދިންނެއް ވަނީ  އާއިލާތަކާ ވަކިވެފައި ކަމުގެ ރިޕޯޓު ލިބިފައި ކަމަމަށެވެ. އިޒްރޭލުގެ މިއަނިޔާވެރި އަމަލުތައް މެދު ކެނޑުމެއްނެތި ކުރިއަށް ގެންދާތީ އެ އެޖެންސީން ބުނެފައިވަނީ ކުޑުކުދީންނާއި އާންމުންނަށް ހިމާޔަތްދީ ސަލާމަތް ކުރުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމެއް ކަމަށެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *