އިޒްރޭލުން ސުލްހައިގެ ވާހަކަ ފަށައިފާނެބާވައެވެ؟

އަހުމަދު މުހައްމަދު
އޭޕްރިލް 10, 2026

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ލުބްނާނާ އެކު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ވީހާ ވެސް އަވަހަކަށް ފަށަން ކެބިނެޓަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް އެކަމަށް އަދި އަމަލު ކުރެވިފައިވާތަނެއް ނުފެނެއެވެ.

ނަތަންޔާހޫ ވިދާޅުވީ، އޭނާގެ ކެބިނެޓަށް މަޝްވަރާތައް ފެށުމަށް އެންގެވީ ސިލްހައިގެ ވާހަކަތައް ފެށުމަށް ބެއިރޫތުން ތަކުރާރުކޮށް ގޮވާލުމުން ކަމަށެވެ. އެހެންމަވެސް މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ނަތަންޔާހޫ މިހެން ބުންޏަސް އޭނާ އަމަލީ ގޮތުން އެކަން ކުރާނޭ ކަމަށް ނުބެލެވޭ ކަމަށެވެ.

އިޒްރޭލުން ލުބްނާނަށް ދިން އެންމެ ވަރުގަދަ ބޮމުގެ ހަމަލާ ވެސް ދީފައި ވަނީ މިދިޔަ  ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލަން އިއުލާންކުރިތާ އިރުކޮޅެއް ފަހުންނެވެ.

ސުލްހައިގެ ވާހަކަތައް ފަށާވާހަކަ ނަތަންޔާހޫ މިދައްކަނީ ދެއްކުންތެރިކަމާއި ބޮޑާކަން އިސްކޮށް ލުބުނާނަށް މަލާމާތް ކުރުމުގެ ނިޔަތުގައި ކަމަށްވެސް ބައެއް ބައެއްފަރާތްތަކުން ދަނީ ބުނަމުންނެވެ. މިއަދު ވެސް ހެނދުނުގެ ވަގުތެއްގައި ވެސް އިޒްރޭލުންވަނީ ލުބުނާނަށް ހަމަލާދިފައެވެ. ހިޒްބުالله އިން ވެސް ވަނީ އިޒްރޭލަށް ރައްދު ދިނުމުގެ ގޮތުން މިސައިލް ހަމަލާތަކެއް ދީފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އިޒްރޭލުން ބުދަ ދުވަހު ދިން ލޭއޮހޮރުވުމުގެ ހަމަލާތަކަކީ އީރާނާއި އެމެރިކާއާ ދެމެދު ފެށުމަށް ހަމަޖެހިފައިވާ ސުލްހައިގެ މަޝްވަރާތަކަށް ހުރަސް އެޅުމަށްދިން ހަމަލާތަކެއް ކަމަށް ބެލެވޭ ކަމަށެވެ. މި ދެގައުމުން މިހަރު ދެމުންގެންދާ ހަމާލާތައް ވަނީ އިހުނަށްވުރެ މަދުވެފައި ކަމަށް ބޭރުގެ ބައެއް ރިޕޯޓުތައް ވަނީ ބުނެފައެވެ.

އީރާނުގެ މަދަދު ލިބޭ ހިޒްބުالله އިން އިޒްރޭލަށް ހަމަލާ ދޭން ފެށީ ތެހެރާންގެ ދިފާއުގައި އެވެ. އިޒްރޭލުން ބުނާ ގޮތުގައި ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދިނުމަކީ ހަނގުރާމަވެރި ޖަމާއަތްތަކަށް އަމާޒުކޮށްގެން ދޭ ހަމަލާތަކެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އެތައް ހާސް އާންމުން މަރުވެ، އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް އެހެންތަންތަނަށް ހިޖުރަ ކޮށްފައެވެ.

އިޒްރޭލަކީ ޒަމާނުއްސުރެން މުސްލިމުންގެ ޖާނީ ދުޝްމަނެކެވެ. އިޒްރޭލުން ލުބުނާނަށް ހަމަލާދޭ ކަމަށްވާނަމަ ރައްދުގައި ވަރުގަދަ ހަމަލާ ދޭންޖެހިދާނޭ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *