މަޝްވަރާއަށް އޮތީ އުންމީދެއް، އިތުބާރެއްނެތް: ޤާލިބާފް

ޟަމްރަތު އަހްމަދު
އޭޕްރިލް 11, 2026

އެމެރިކާއާއެކު ބާއްވާ ސުލްހައިގެ މަޝްވަރާއަށް އޮތީ އުންމީދެއް ކަމަށާއި އެމެރިކާއަށް އިތުބާރެއް ނުކުރެވޭ ކަމަށް އީރާނުގެ ވަފުދުން ވިދާޅުވެއްޖެއެވެ.

މި ވަފުދުގެ އެންމެ އިސްލީޑަރު މުހައްމަދު ބާޤިރް ޣަލިބާފް ޕާކިސްތާނުގެ އިސްލާމްއާބާދު އެއާޕޯޓުގައި ހުންނަވައިގެން ރޭ ވިދާޅުވީ އެބޭފުޅުންގެ ވަފުދުގައި ހިތްސާފުކަމާއި އުންމީދެއް އޮތަސް އެމެރިކާއާއި އެގައުމުގެ ބައިވެރިންނާމެދު އިތުބާރެއް ނެތްކަމަށެވެ.

ޤާލިބާފް ވިދާޅުވީ އެމެރިކާ އިންވެސް ހަގީގީ އެއްބަސްވުމަކަށް ތައްޔާރުވާންޖެހޭނޭ ކަމަށެވެ. އެފަދަ ތައްޔާރީތަކެއް އިތުބާރާއެކު އެމެރިކާއިން ވެއްޖެ ކަމަށްވާނަމަ، އީރާނަށް ވެސް މިކަންކަން ފަސޭހަކަމާއެކު ހައްލު ކުރެވިދާނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ”އެމެރިކާއާ އެކު  ކޮރައްވާފައވާ މަޝްވަރާތަކުގެ ތަޖުރިބާއަކީ ނާކާމިޔާބީއާއި، ވަޢުދާ ޚިލާފުވުން،“ ކަމަށެވެ. އެހެންމަވެސް މަޝްވަރާތަކުގައި އީރާނުގެ ނިޔަތްވެސް ރަނގަޅު ކަމަށާއި އުންމީދު ކުރެވެނީ ރަނގަޅު ނަތީޖާއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްވަރާގައި އެމެރިކާގެ ފަރާތުން ބައިވެރިވާ ވައިސް ޕްރެޒިޑެންޓް ޑީޖޭ ވެންސް ވެސް ވިދާޅުވީ މަޝްވަރާއިން އުންމީދު ކުރަނީ ރަނގަޅު ނަތީޖާއަކަށް ކަމަށެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *