މަޝްވަރާ ނާކާމިޔާބު ވެއްޖެނަމަ އީރާނުގެ ވަފުދުގެ މެންބަރުން އަވަހާރަށްކޮށްލަން ހިތްވަރުދެނީ

އަހުމަދު މުހައްމަދު
އޭޕްރިލް 11, 2026

ޕާކިސްތާނުގައި މިހާރު ކުރިއަށްދާ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ކަމަށްވާނަމަ މަޝްވަރާގައި ބައިވެރިވާ އީރާނުގެ އިސްވެރީން އަވަހާރާކޮށްލަން ބައެއް ފަރާތްތަކުން އެމެރިކާއަށް ލަފާދޭ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެސްމައިލް ބަޣާއީ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ އެމެރިކާއަށް މިގޮތަށް ލަފާދެނީ އެގައުމުގެ މީޑިއާއި އެގައުމުގެ ސިޔާސަތުތަކާ ގުޅުން އޮންނަ ފަރާތްތަކުން ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ މިއީ ބިރުވެރި ކަމާއި އަނިޔާވެރިކަމެއް ކަމަށެވެ. މިދެވެނީ ގަސްތުގައި ބަޔަކު މަރާލުމުގެ އިންޒާރު ކަމަށް ވެސް އޭނާ ވަނީ ސިފަކުރައްވައިފައެވެ. މިފަދަ ވާހަކަތަކީ ޓެރަރިޒާމާ ގުޅުންހުރި ވާހަކަތަކެއް ކަމަށާއި މިއީ އެމެރިކާ ދައުލަތުންވެސް ކުށްވެރި ކުރަންޖެހޭ ކަންކަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދަނީ ސުލްހައިގެ މަޝްވަރާތަކުގައި އީރާނުގެ ’ރަނގަޅު ނިޔަތެއް‘ ނެތް ކަމަށް ތުހުމަތު ކުރަމުން ކަމަށެވެ.

އެކްގައި ކުރެއްވި ޕޯސްޓާއެކު އޭނާ ވަނީ ދަ ވޮޝިންޓަން ޕޯސްޓުން ޝާއިއުކޮށްފައިވާ ޚިޔާލެއްގެ ސްކްރީންޝޮޓެއް ހިއްސާކޮށްފައެވެ. އޭގައި ބުނެފައިވަނީ ”އީރާނުގެ ލީޑަރުންނަށް ވިސްނައިދޭން ޖެހޭނީ އެމީހުންގެ ދިރިއުޅުން އަކުރުން އަކުރަށް ބިނާވެފައި އޮތީ ޓްރަމްޕްގެ ރުހުމުގައި މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށްވެ.“ މިއީ އެމެރިކާއިން ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *