ބައްސާމުގެ ދެ އެޕާޓުމަންޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށައިފި

އަހުމަދު މުހައްމަދު
އޮކްޓޯބަރ 3, 2024

ބައްސާމު އަލީޖަލީލުގެ ދެ އެޕާޓުމަންޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހަވާލުވާން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭ އަމީން އެވެނިއުގެ 2 އެޕާޓުމެންޓާ ކަމަށެވެ. މިއީ ބައްސާމުގެ މިލްކިއްޔާތުގައިވާ ދެ އެޕާޓްމެންޓެވެ.

ފުލުހުން މިމަސައްކަތް ފެށީ އޮކްޓޮބަރު 6 ވަނަ ދުވަހުގެ ކުރީން އެ ދެތަން ފުލުހުންނާ ހަވާލު ކުރިމަށް ކޯޓުން އަމުރު ކުރެއްވުމުންނެވެ. ކޯޓުން އެ އަމުރު ނެރުއްވީ މިއަހަރު ސެޕްޓެމްބަރު 28 ވަނަ ދުވަހު އެވެ.

ގަލޮޅު ފެހިވާގޭ ބައްސާމަކީ އަލީ ޖަލީލަކީ ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޚިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ