ހީނާ ވަލީދަށް ފަތްކޮޅު ހަވާލުކޮށްދެއްވަނީ. ފޮޓޯ ރައީސް އޮފީސް

ނާޖާއިޒު ގޮތުގައި މިނިވަންކަން ބޭނުންކުރުން ދަނީ އަލިފާން ގަނޑެއްހެން ފެތުރެމުން: ހީނާ

ޟަމްރަތު އަހްމަދު
މެއި 13, 2026

މިޤައުމުގައި ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާއި މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން އެކަމުން ސިޔާސީ ނަފާ ހޯދުމަށްޓަކައި ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުން ކުރުންދަނީ ރޯވަމުންދާ އަލިފާން ގަނޑެއްފަދައިން ފެތުރެމުން ކަމަށް މިނިސްޓަރ އޮފް ހެރިޓޭޖު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހަމަކޮށްފައިވާ މެސެޖެއްގައި ހީނާ ވިދާޅުވެފައިވަނީ ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނޭ ކަމަށެވެ. އަދި ޤާނޫނުތަކާ ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނޭ ކަމަށެވެ. ”ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް،“ ކަމަށް ވަނީ ވިދާޅުވެފައެވެ. ”ޒާތީނުވެ، ދޮގު ނަހަދާ، އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔާ ޒިއްމާދާރު ކުރެވޭނެ،“

މިނިސްޓަރ ހީނާ މިހެން ވިދާޅުވީ  ރާއްޖޭގެ މިނިވަން ނޫސްވެރިކަމާމެދު ނޫސްވެރިންގެ  ކަންބޮޑުވުންތަކެއް އިންތިހާއަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އަދި ދެ ނޫސްވެރިއަކު ޖަލަށްލައިފައިވާ ވަގުތެއްގައެވެ. ”މިއަދު މިއުޅެނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެގެންނެއް ނޫން. ނިގުޅައިގަނެގެން އަތުލައިގަނެގެނެއްނޫން. މިއަދު މިއުޅެނީ މި ޙައްޤުތައް އޭގެ އެއްވެސް ޙައްދެއް އިމެއްނެތި ތަންމިނަށް ހުޅުވާލުމުން، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގަޛްފު ކޮށްގެން،“ މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ހީނާ ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ސުވާލުކުރާ ހުރިހާ ނޫސްވެރީން ފުލުހަކަށް އަދި ކޯޓަކަށް ނުގެންދާ ކަމަށެވެ. އަދި ޖަލަކަށްވެސް ނުލާ ކަމަށް ވިދާޅުވެފައިވެއެވެ. އޭގެ ބަދަލުގައި ކޮންމެ ނޫސްވެރިއަކު ވެސް ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ވެސް ރައީސް ދެއްވާ ކަމަށް ހީނާ ވިދާޅުވެފައިވެއެވެ.

”އެކަމަކު ދިވެހިރާއްޖޭގެ ދުސްތޫރީ ކޯޓަކުން ގެގް އޯޑަރެއް ނެރުއްވާފައި އޮތުމުން އެއަށް ޢަމަލު ނުކުރައްވާ ހިތު ހުރިގޮތަކަށް އެ އަމުރާ ޚިލާފުވާން ފުރުޞަތު ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަކަށްވެސް ލިބިވަޑައެއްނުގަންނަވާ،“

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *