ހުޅުމާލޭ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔަވި ދިވެއްސަކަށް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ އެމީހާއަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ.
އެކްސިޑެންޓު ހިނގީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. މިހާދިސާ ހިނގާފައިވަނީ ޖޫން ހަތްވަނަ ދުވަހުގެރޭގައެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ އެރެ ރޭ 21:26 އެހައިކަންހާއިރު އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ބަލަމުންނެވެ.






