ސަތާރަ މަސްދޯންޏަކަށް އެއް މިލިއަން ރުފިޔާ ދޫކޮށްފި

މުހައްމަދު އަލީ
ޖުލައި 5, 2026

މިހިނގާ ޖުލައި ދެވަނަ ދުވަހުގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި ކަމަށް މިފްކޯއިން ބުނެފިއެވެ. މި އަދަދުގެ ތެރޭގައި އެކުންފުންނަށް ކިރުވާފައިވާ ކަންނެލީގެ ފައިސާ ވެސް ހިމެނޭ ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ. މިފައިސާ އެކައުންޓުތަކަށް ޖަމާކޮށްފައިވަނީ 4 ޖުލައި 2026 ވަނަ ދުވަހު ކަމަށްވެސް ވަނީ ބުނެފައެވެ. ކަޅުބިލަމަހާއި ކަންނެލި މަސްދޯނިފަހަރު ހިމެނޭހެން ޖުމްލަ 17 ދޯންޏަކުން އެކުންފުންޏަށް މަސްކިރުވާފައިވާފައިވެއެވެ. މި ދޯނިފަހަރަށް ދޫކޮށްފައިވަނީ ޖުމްލަ 1،397،565 ރުފިޔާ އެވެ.

މީގެ ތެރޭގައި 15 މަސްދޯންޏަކުން ކިރުވި ކަޅުބިލަ މަހަށް ދޫކޯށްފައިވަނީ 1،352،995 ރުފިޔާ އެވެ. ދެ ދޯންޏަކުން ކިރުވި ކަންނެލި (10 ކިލޯއިން މަތި) މަހަށްވާ 10،320 ރުފިޔާ އާއި 2 ދޯންޏަކުން ކިރުވި ކަންނެލި ( 15ކިލޯއިން މަތި) މަހަށްވާ 34،250 ރުފިޔާ ވެސް މިފައިސާގެ ތެރޭގައި ހިމެނޭ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެއް ކަމަށް ސަރުކާރުން ގެންވަނީ ވިދާޅުވަމުންނެވެ. މީގެއިތުރަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.

މަސްވެރިންނަށް ދިމާވާ ދަތިކަން ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމަށް މިފްކޯއިން ކުރި މަސައްކަތުން މިހާރު ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިއަދުވެސް މިފްކޯއިން 10 ކިލޯއާއި 15 ކިލޯގެ މަސް ގަންނަނީ 20 ރުފިޔާއަށް ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި 15 ކިލޯއިން މަތި މަތި 25 ރުފިޔާއަށް ގަންނަމުންދާ ކަމަށް ވެސް ވަނީ މައުލޫމާތު ދެއްވައިފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *