ދުޝްމަނުން ކިރިޔާ ނޭއްގާނި އަމަލެއް ހިންގާލިޔަސް ވަރުގަދަ ލަގާއެއް ދޭނަން: އީރާން

އަހުމަދު މުހައްމަދު
ޖުލައި 5, 2026

އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅައިފި ކަމަށްވާނަމަ ވަރުގަދަ ރައްދެއްދޭނޭ ކަމުގެ އިންޒާރު އީރާނުން ދުޝްމަރުންނަށް ދީފިއެވެ. އެގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާން ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު އަކްރަމީނިއާ މިހެން ވިދާޅުވީ އީރާނުގެ ކުރީގެ ލީޑަރު އާޔަތުالله ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާގެ ހަވާސާގައި އިރްނާ އަށް ދެއްވި އިންޓަވިއުއެއްގައެވެ. އެ އިންޓަރވިއުގައި އޭނާ ވިދާޅުވެފައިވަނީ ކުރިއަށްއޮތް ތަނުގައި އީރާނުން ގެންދާނީ އަސްކަރީ ގާބިލްކަން ވަރުގަދަ ކުރަމުން ކަމަށެވެ.

އީރާނުގެ އަސްކަރިއްޔާ އިން ތަކުރާރުކޮށް ބުނަމުން ދަނީ މިވަގުތު ހަނގުރާމަ ހުއްޓާލާފައި އޮތަސް އެމުއްދަތުގެ ބޭނުން ދުޝްމަރުން ކުރަމުންދަނީ ހަނގުރާމައަށް ތައްޔާރުވުމަށް ކަމަށެވެ. އެހެންނަމަވެސް ދުޝްމަނުން އެއްވެސް ކަހަލަ ނޭދެވޭ އަމަލެއް އީރާނާ ދެކޮޅަށް ހިންގައިފިނަމަ އެ މީހުންނަށް ވޭންދެނެވި ލަގާއެއް ދޭނޭ ކަމަށް އީރާނުގެ އަސްކަރިއްޔާއިންވަނީ އިންޒާރު ކޮށްފައެވެ.

މިއިންޓަރވިއުގައި އަކްރަމީނިއާ ވަނީ ޝަހީދު ލީޑަރު ޚާމަނާއީގެ ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވުމުން އެކަމަށް ތަޢުރީފު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ މިއީ ޤައުމީ އެއްބައިވަންތަކަމާއި ވަޢުދު ފުއްދުމުގެ ރަމްޒެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިޖަނާޒާގައި ބައިވެރިވި މީހުންގެ ސަބަބުން ބައިނަލްއަޤްވާމީ ދުނިޔޭގައި ހޭލުންތެރިކަން އިތުރުވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭގެ ސަބަބުން އަނިޔާވެރިކަމާއި ބޮޑާކަމާއި ދެކޮޅަށް ޤައުމުތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ.

ތަރުޖަމާން ވިދާޅުވީ މި ރަސްމިއްޔާތުގެ ސަބަބުން މުސްލިމް ގައުމުތަކަށް ހިތްވަރު ލިބި، ބޭއިންސާފާ ދެކޮޅަށް އެއްބައިވަންތަކަން އިތުރުވެގެންދާނޭ ކަމަށެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *