ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އަށް ކުރެއްވު ދަތުރުފުޅަށް ޚަރަދުކުރި ފައިސާގެ އަދަދު ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވަނީ އެދަތުރުފުޅަށް ޖުމްލަ 2،455،583.01 ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ މިއީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު މީގެ ކުރިން އެމެރިކާއަށް ވަޑައިގެން ކުރެއްވި ޚަރަދާ އަޅާބަލާއިރު ކުޑައަދަދެއް ކަމަށެވެ. ރައީސް ސާލިހު ފުރަތަމަ ދަތުރުފުޅުގައި 4.17 މިލިއަން ރުފިޔާ އަދި ދެވަނަ ދަތުރުފުޅުގައި 5.34 މިލިއަން ރުފިޔާ ވަނީ ޚަރަދުކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އެމެރިކާގެ ނިއުޔޯކަށް ރައީސް މިދަތުރުފުޅު ކުރެއްވީ ސެޕްޓެމްބަރުމަ ވިހިން ނަވާވީހަށެވެ. މިއީ އދ. ގެ އާންމު މަޖިލީހުގެ ހަތްދިހަ ނުވަނަ ސެޝަންގައި ތަގުރީރު ކުރެއްވުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.






