ޓްރާންފޯމަރެއްގެ ތެރެއަށްވަދެ ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މުހައްމަދު އަލީ
އޮކްޓޯބަރ 27, 2024

ހުޅުމާލޭ ފޭސްދޭއްގެ ހިޔާ ތޭރަވަނަ ފުލެޓުކައިރީގައިހުރި ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނ. މާޅެންދޫ، ފެހިއައްސޭރި، އަހުމަދު ރިޝްވާނެއެވެ. އޭނާގެ އުމުރަކީ ބައްތިރީސް އަހަރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާ ހިންގާފައިވަނީ ރޭ ފަތިހު ފަސްގަޑިތިރީސް އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލަ މިހާރުދަނީ ބަލަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ