އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް/ފޮޓޯ އެމްޑީޕީ

ވޯޓުފޮށީގައި ބަނޑުއެޅޭނޭ ދުވަހެއް މިރާއްޖެއަކު ދެން ނާންނާނެ: ފައްޔާޒު

މުހައްމަދު އަލީ
އޮކްޓޯބަރ 28, 2024

ވޯޓުފޮށީގައި ބަނޑުއެޅޭނޭ ދުވަހެއް ދެން މިރާއްޖެއަކު ނާންނާނޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިހާރުއެއީ މާޒީ ކަމަށެވެ.

”އެތެރެ ނުފެންނަ ވޯޓުފޮށްޓާއި، ކުޑަކާފު ބޮޑުކާފު ކިޔައިގެން ރައްޔިތުންގެ ވޯޓުގައި ބަނޑުއެޅުވޭނެ ޒަމާނެއް ދެން މިރާއްޖެއަކަށް ނުގެނެވޭނެ،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.

އޭސީސީއާއި އީސީއަށް ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ބާރުދޭ ގޮތަށް ގާނޫނު ބަދަލު ކުރަން ސަރުކާރުން މިހާރުވަނީ ނިންމަވާފައެވެ. މިކަމާ ގުޅިގެން ފައްޔާޒު ވިދާޅުވެފައިވަނީ ”ކޮރަޕްޝަން ބަލާ މީހުންނަށް ޅިޔަނުންގެ އޮފީސްއޮފީހަށް ވަނުން މަނާކުރެވޭ ދައުރެއްވެސް ދެން ދިވެހީން ނުދެކޭނެ،“ ކަމަށެވެ.

ސާފުތާހިރު ރީތިވެރިކަމެއް ކޮށްދެއްވަން އެނގިވަޑައި ނުގަންނަވާ ކަމަށް ވާނަ ރައީސުލްޖުމްހޫރިއްޔާ ފަހަތަށް ޖެހިވަޑައިގެންނެވުމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ