މަޖީދީ މަގުގައި ހުންނަ ޒިއޮންމޯބައިލް ފިހާރަ 4 އިން ވައްކަންކުރީ މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 47 އަހަރުގެ ދިވެއްސެއް ކަމަށެވެ.
އެފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު ފަސްގަޑި ފަންސަތިރީސް އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ފިހާރައިން ވައްކަން ކޮށްފައިވަނީ ބިއްލޫރިގަނޑު ތަޅާލައިގެން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ހއ. މާރަންދޫ، ފިނިރޯޅިގޭ، އަހުމަދު ނިޔާޒު ކަމަށެވެ. އޭނާ ހައްޔަރުކުރުމަށްފަހު އޭނާގެ އަތުގައި އޮތް ދަބަހެއް ބަަލައި ފާސްކުރިއިރު އެއިން9 މޮބައިލް ފޮން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.






