ތިން މުއައްސަސާއެއްގެ ވެރީން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް

އަހުމަދު މުހައްމަދު
ނޮވެމްބަރ 11, 2024

ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހާއި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނާއިބު ރައީސް އަބްދުއްސަލާމާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނާއިބު ރައީސް އަލީ ނަޝާތު ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މަޖިލީހަށް ހުށަހަޅާފައި ވަނީ، ސީއެސްސީގެ ރައީސް ނާސިހާއި އޭސީސީގެ ނައިބު ރައީސް މަގާމުގެ އިތުރުން މެންބަރުކަމުންވެސް ވަކިކުރުމަށެވެ. ނަމަވެސް އީސީގެ ނާއިބު ރައީސްގެ އިތުރުން އެ ކޮމިޝަންގެ ދެ މެންބަރުންވެސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވަކިކުރަން ވަނީ ހުށަހަޅައިފައެވެ.

މިކަންތައް ހުށަހަޅާފައި ވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ގޮތުގައެވެ.

އެބޭފުޅުން ވަކިކުރަން ހުށަހަޅާފައި މިވަނީ، އެކަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިދިޔަ ހަފުތާގައި ހުށަހަޅާފައިވަނިކޮށެވެ.

އެބޭފުޅުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހުށަހަޅާފައި މިވަނީ، އޭސީސީ އާއި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި، ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައި ވަނިކޮށެވެ.

މި ލިޔުމާ ގުޅޭ