މިނިވަން މުއައްސަސާތައް ކަމަަށްވާ، ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބައެއް މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ނުފޫޒަށް ލެނބުމާއި ސުލޫކީ ހަމަތަކާ ހިލާފްވެފައިވާ މައްސަލަތަކެއްގެ ތުހުމަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހެ ކޮމިޓީގެ މުގައްރިރު، އަދި މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ވިދާޅުވެއްޖެއެވެ.
ސީއެސްސީ ގެ ރައީސް މުހައްމަދު ނާސިހާއި، އޭސީސީ ގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އެކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދާއި، އީސީ ގެ ނައިބު ރައީސް އަލީ ނަޝާތު އާއި އެކޮމިޝަންގެ މެންބަރުން ކަމަށްވާ، މުހައްމަދު އާސިފާއި، ޑރ. މުހައްމަދު ޒާހިރު، މެންބަރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
އެ ބޭފުލުން ކޮމިޝަންތަކުން ވަކި ކުރުމުގެ މައްސަލަ މަޖިލިސް ތަޅުމުގައި އިއުލާން ކޮށްދެއްވުމަށްއެދި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އަށް ފޮނުވާފައިވާ ސިޓީގައި ވަނީ އެކަންކަން ހާފަގަ ކުރައްވައިފައެވެ.
އެގޮތުން އޭސީސީގެ ބޭފުޅުން ވަކި ކުރެއްވުމަށްއެދި ފޮނުއްވި ސިޓީގައި ވަނީ، ވާޖިބު އަދާކުރުުގައި ކޮމިޝަންގެ މެންބަރުން އެއްވެސް ބިރަކަށް އަދި އެއްވެސް ނުފޫޒަކަށް ލެނބިގެންނުވާނެ ކަމަށް، އޭސީސީގެ ގާނޫނުގެ އޭސީސީގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެކޮމިޝަނުން މައްސަލައެއް ނިންމުމުގައި އަދި މައްސަލައެއް ހިންގުމުގައި، ނުވަތަ މަޝްވަރާއެއް ކުރުުގައި، ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި، ސީދާގޮތުންވެސް ނުވަތަ ނުސީދާގޮތުންވެސް އަމިއްލަ މަސްލަހަތު ހާސިްލުރަން މަސައްކަތްކޮށްގެންނުވާނެ ކަމަށް އެ މާއްދާގެ (ށ)ގައި ބަޔާމްކޮށްފައިވާ ކަމަށެވެ. އަދި މެންބަރަކު އެކަންކަމާ ހިލާފް ވުމަކީ މެންބަރުކަމުން ވަކިކުރެވޭނެ ހާލަތެއްކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށްވެސް އެ ސިޓީގައި ވެއެވެ.
ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި ވަނިކޮށް، އޭސީީސީގެ ނާއިބު ރައީސް އާއި މެންބަރު ތޯހާ ގާނޫނާހިލާފަށް އެތައްކަމެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ކޮމިޓީއަށް ދެ މައްސަލއެއް ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެކަމާގުޅިގެން އެބޭފުޅުން ކޮޮމިޝަނުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލތައް ކޮމިޓީން ދިރާސާކުރަބް ފާސްކުރީ ކަމަށްވެސް އެ ސިޓީގައި ވެއެވެ.
ސީއެސްސީގެ ރައީސް ކޮމިޝަންގެ މެންބަރުކަމުން ވަކި ކުރުމުގެ މައްސަލަ އާއި އީސީގެ ނާއިބު ރައީސް އާއި އެކޮމިޝަންގެ މެންބަރުން ކަމަށްވާ، އާސިފާއި، ޑރ. މުހައްމަދު ޒާހިރު ވަކިކުރުމުގެ މައްސަލައިގައި ފޮނުވާފައިވާ ސިޓީގައި ކޮމިޓީގެ މުގައރިރު މަޖިލިސް ރައީސަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ، އެ ދެކޮމިޝަންގެ ގާނޫނުގައި ބުނެފައިވާ ސުލޫކީ މިންގަނޑާ އެބޭފުލުން ހިލާފްވެފައިވާތީ، މެމްބަރުކަމުން ވަކި ކުރުމުގެ މައްސަލަ ކޮމިޓީހަށް ހުށަހަޅާފައިވާތީ، އެ މައްސަލަބެލުމަށް ކޮމިޓީން ފާސްކޮށްފަިއިވާ ކަމަށެވެ. އަދި އެބޭފުޅުން ގާނޫނުގައިވުނާ ސުލޫކީ މިންގަނޑާ ހިލާފް ވުމަކީ މެންބަރުކަމުން ވަކިކުރެވޭނެ ހާލަތެއް ކަމަށް ގާނޫނުގައ ބަޔާންކޮށްފައިވާ ކަމަށްވެސް ސިޓީގަިއ ވިދާޅުވެފައިވެއވެެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބޭފުޅުން ކޮމިޝަންތަކުން ވަކި ކުރުުގެ މައްސަލަިއގައި ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީތައް މަޖިލިސް ތަޅުމަށް އިއްވީ އިދާރީ މޭޒުން މަޖިލީހުގެ އަމީން އާއްމު ފާލުމަތު ލިއުޝާއެވެ.
އެ ސިޓީތައް މަޖިލިސް ތަޅުމަށް އިއްވުމުން އެ މައްސަލަ އިތުރަށް ދިޜާސާޚުރުމށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އަލުން ފޮނުވިކަން މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.






