ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިކާބުކޮށްފައިތިބި މެންބަރުން ވަކިކުރެވެން ވާނީ އިންތިޚާބުކުރި ބަޔަކަށް ކަމަށް މޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިލްހާމް ވިދާޅުވީ ”ރައްޔިތުންގެ މަޖިލިސް މެމްބަރުން ވަކިކުރުމުގެ ބާރު އޮންނަންވާނީ އެ އިންތިޚާބުކުރި ދާއިރާގެ ރައްޔިތުންގެ އަތުގައި،“ ކަމަށެވެ.
ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ މެންބަރަކު ސިޔާސީ ޕާޓީއެއްގެ ދެތިންމީހަކު ހިމެނޭ ކޮމެޓީއަކުން ވަކިކުރެވޭނީ ކޮންހަމައަކުންތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. މީގެ ކުރިންވެސް ވެސް ބަޔަކު މިފަދަ ކަމެއް ކުރަން އުޅުނު ކަމަށާއި އޭގެ ސަބަބުން ބާރަ މެމްބަރަކު ފާޅުވުން ނޫން ކަމެއް ނުވިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.






