ގއ. ކަނޑުހުޅުދޫގައި ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެ ދެމީހުންނަށް އަނިޔާ ވެގެން ފަރުވާދޭން ފަށައިފިއެވެ.
ދެމީހުންނަށް ވެސް ފަރުވާ ދެމުން ދަނީ ގއ. އަތޮޅު ހޮސްޕިޓަލުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.
މި މަރާމާރީގެ ރިޕޯޓު ލިބިފައިވަނީ ރޭ 21:37 އެހައިކަންހާރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މާރާމާރީ ހިންގާފައިވަނީ އުމުރުން 37 އަހަރުގެ މީހަކާއި 40 އަހަރުގެ މީހަކާ ދެމެދު ކަމަށް ފުލުހުން ވިދާޅުވިއެވެ. މިދެ މީހުންނަކީ ވެސް ދިވެހީންނެވެ.
މި މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ފުލުހުން ވިދާޅުވިއެވެ.






