ސުޕްރީމް ކޯޓުން އެއްމަހުގެ ރިސެސްއަކަށް

އަހުމަދު މުހައްމަދު
ޑިސެމްބަރ 1, 2024

ސުޕްރީމް ކޯޓުން އެއްމަސް ދުވަހުގެ ރިސެސްއަކަށް ގޮސްފިއެވެ. މި ރިސެސްގައި ކޯޓު އޮންނާނީ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށެވެ.

ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ރިސެސް ފެށެނީ ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުއެވެ. މި މުއްދަތުގައި ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް ނުބޭއްވުނު ނަމަވެސް، އިދާރީ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް ކޯޓުން ބުނެފައިވެއެވެ.

ސުޕްރީމް ކޯޓު ރިސެސްއަށް ދިޔައިރު، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރަން ހުށަހަޅާފައިވާ މައްސަލައެއް ވެސް އެ ކޯޓުގައި އެބައޮތެވެ. މި މައްސަލަ ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.

މި ލިޔުމާ ގުޅޭ