ސިވިލް ކޯޓު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރިސެސްއަށް ހިނގައްޖެއެވެ.
ސިވިލް ކޯޓާއެކު މިއަދު ރިސެސްއަށް ގޮސްފައިވަނީ ސުޕްރީމް ކޯޓާއި ހައިކޯޓެވެ. މި މުއްދަތުގައި އާންމު ޝަރީއަތްތަކެއް ކުރިއަކަށް ނުގެންދާނެ ކަމަށް ކޯޓުތަކުން ބުނެފައިވެ އެވެ.
ހައިކޯޓު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކޮށްފަ އެވެ. އެހެންނަމަވެސް ބައެއް ބާވަތުގެ މައްސަލަތައް ބަލާނެ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ. އޭގެ ތެރޭގައި ބީ12 ސެކްޝަނުގެ މައްސަލަތަކާއި އަވަސް މައްސަލަތައް ހިމެނެ އެވެ.
ސުޕްރީމް ކޯޓު އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 1 އާ ހަމައަށް ބަންދުކޮށްފަ އެވެ. އެހެންނަމަވެސް އިދާރީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.






