އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކޮންމެ އަހަރަކު ރަމަޟާންމަހާ ދިމާކޮށް ބާއްވާ ”ރޯދަ ސޭލް“ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ. މިއަހަރުގެ ސޭލްވެސް ފަށައިފައިވަނީ ބޮޑެތި ޑިސްކައުންޓްތަކާއެކުއެވެ.
މި ސޭލް ކުރިއަށްދާނީ 2 ފެބްރުއަރީން ފެށިގެން 31 މާރިޗު ގެ ނިޔަލަށެވެ. މިއަހަރުގެ ރޯދަ ސޭލް ފަށްޓަވައި ދެއްވީ ޑިރެކްޓަރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުހައްމަދު އީމާނާއި، ވެލިގާ ހާޑްވެއަރ ގެ ޑިރެކްޓަރ ޒައިދު މުހައްމަދު ކަމަށް އެސްޓީއޯން ވިދާޅުވެފައިވެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކުރާ ކިންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕާނެއް ލިބޭނެއެވެ. އަދި ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ހާއްސަ ޑިސްކައުންޓެއް ލިބޭނެއެވެ. އެގޮތުން ނިޕޯން ޕެއިންޓް އިން %20 އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން %50 ޑިސްކައުންޓް ލިބިގެންދާނެއެވެ. މިއަހަރުގެ އެންމެ ޚާއްސަކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެސްޓީއޯއާ އެކު ނިޕޯން ޕެއިންޓުގެ ޕާޓްނަރެއްގެ ގޮތުގައި ވެލިގާ ހާޑުވެއަރ ބައިވެރިވުމެވެ.
މި ޕްރޯމޯޝަނުގައި ބައިވެރިވާ މީހުންގެ ތެރެއިން މިއަހަރުގެ ބޮޑު އިނާމުގެ ގޮތުގައި، ބައިލައްކަ ރުފިޔާގެ އަގުހުރި މުދާ ކޮންމެވެސް އެއް ނަސީބުވެރިއަކަށް ލިބިގެން ދާނެއެވެ.
މިސޭލް ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓް ތަކުގެ އިތުރުން ވެލިގާ ހާޑްވެއަރގެ އައުޓްލެޓް ތަކުގައެވެ. އަދި އެސްޓީއޯގެ ރީޖަލަން އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ.






