ތަރައްގީގެ އެޖެންޑާއަށް އެހީތެރިވެދެވޭނޭ ދާއިރާތަކާ މެދު މަޝްވަރާކޮށްފި

މުހައްމަދު އަލީ
ޖޫން 26, 2025

ދިވެހިރާއްޖޭގެ ތަރައްގީގެ އެޖެންޑާއަށް އެހީތެރިވުމަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ މެދު އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ ރައީސް ޖިން ލިކުން އާ އެކު ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މިއަދު މަޝްވަރާ ކޮށްފިއެވެ. މި ކަމަށް މަޝްވަރާ ކުރި ބައްދަލުކުރެއްވުން އޮތީ ޗައިނާގެ ވެރިރަށް ބެއިޖިންގ ގައި ކުރިއަށްދާ އޭއައިއައިބީގެ ގަވަރނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އޭއައިއައިބީ އާ ދެމެދު އޮތް ގުޅުން އަލުން އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށްވެސް މަޝްވަރާކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި ގުޅުން ބަދަހިކުރުމަށް ދެފަރާތުންވެސް އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިބިކަން ދެފަރާތުން ވެސްފާޅުކޮށްފައި ވާކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި ބައްދަލުވުމުގައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އިގްތިޞާދީ އަސަރުތަކުން އަރައިގަތުމަށް ދެވުނު މުހިންމު އެހީތެރިކަމާއި، ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް އަމާޒުކޮށްގެން ހިންގާ ވޭސްޓް-ޓު-އެނަރޖީ ޕްރޮގްރާމަށް ދީފައިވާ ފައިސާއާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ކުރިމަގުގެ ފައިނޭންސިންގ ބޭނުންތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ގައުމީ ތަރައްގީއާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ތަފްސީލުކޮށްދެއްވައި، މި ލަނޑުދަނޑިތައް ހާޞިލުކުރުމަށް އޭއައިއައިބީގެ އެހީތެރިކަން މުހިންމުވާނެ މައިގަނޑު ދާއިރާތައް ވަޒީރު ވަނީފާހަގަ ކޮށްދެއްވައިފައެވެ.

 

މި ލިޔުމާ ގުޅޭ