ޗައިނާ އިގްތިސާދަށް އަދިވެސް ހިންދެމި ނުލެވޭ

އިބްރާހީމްް ސަމީރު
ޖޫން 27, 2025

ގޯލްޑްމަން ސެކްސްއިން ފާހަގަކޮށްފައިވާ ގޮތުގައި، މޫސުމީ ބަދަލުތަކަށް ރިޢާޔަތްކުރުމަށްފަހު މަހުން މަހަށް ބަލާއިރު 9.7އިންސައްތަ ގެ އިގްތިސާދީ ދަށްވުމެއް ޗައިނައިން ފެނިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ފެނުނު 4އިންސައްތަ ގެ ކުރިއެރުމާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ދަށްވުމެކެވެ.

އިޤްތިޞާދީ މުހައްލިލުންގެ ނަޒަރުގައި، މި ދަށްވުމުގެ މައިގަނޑު ސަބަބަކީ އެމެރިކާއާއި ޗައިނާއާ ދެމެދު ހިނގަމުންދާ ޓެރިފް ޖަދަލުގެ ސަބަބުން މަޢުދަނާއި އުޅަނދުފަހަރުގެ އެތެރޭގެ ޑިމާންޑް ދަށްވެފައިވުމެވެ.

އެންބީއެސްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން މެއި މަހަށް ލިބުނު ޖުމްލަ ފައިދާ 2.72 ޓްރިލިއަން ޔުއާން (380 ބިލިއަން ޑޮލަރު) އަށް އަރާފައިވެއެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 1.1އިންސައްތަ އިގެ ދަށްވުމެކެވެ. ’

މި މުއްދަތުގެ ތެރޭގައި މަޢުދަން ޞިނާޢަތުގެ ފައިދާ 29އިންސައްތަ އަށް ދަށްވެފައިވާއިރު، ކާރު އުފެއްދުމުގެ ދާއިރާގެ ފައިދާ 11.9އިންސައްތަ އަށް ދަށްވެފައިވެއެވެ. އެހެންނަމަވެސް، އުފެއްދުންތެރިކަމާއި ޔުޓިލިޓީސްގެ ދާއިރާތަކަށް 8.6އިންސައްތަ އަދި 4.4އިންސައްތައިގެ ކުޑަ ކުރިއެރުމެއް ލިބިފައިވެއެވެ. ދައުލަތުގެ ވިޔަފާރިތަކުގެ ފައިދާ 7.4އިންސައްތަ އަށް ދަށްވެފައިވެއެވެ. އަދި ބޭރުގެ ވިޔަފާރިތަކުގެ ފައިދާއަށް 0.3އިންސައްތަ އިގެ ކުޑަ ކުރިއެރުމެއް ދައްކުވައިދެއެވެ.

2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ޓްރަމްޕްގެ ދެވަނަ ދައުރު ފެށުމާއެކު، އެމެރިކާއާއި ޗައިނާގެ ދެމެދުގައި ހިނގަމުންދާ ޓެރިފް ހަނގުރާމައިގެ ސަބަބުން ޗައިނާގެ މުދަލުން އެވްރެޖްކޮށް 51.1އިންސައްތައިގެ ޓެރިފެއް ނަގަން ފަށާފައި ވެއެވެ. އަދި ޗައިނާއިން ވަނީ އެމެރިކާގެ އެކްސްޕޯޓުތަކުން 32.6އިންސައްތަ ގެ ޓެރިފެއް ނަގަން ފަށާފައެވެ.

ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ މެއި މަހު ޗައިނާގެ ސިނާއީ ފައިދާ، 2024 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 9.1އިންސައްތައަށް ދަށްވެފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފައިދާ 10އިންސައްތަ އަށް ދަށްވި ފަހުން ފެނުނު އެންމެ ބޮޑު ދަށްވުމެވެ. 2025 ވަނަ އަހަރުގެ ޖޫން 27 ވަނަ ދުވަހު ޝާއިޢުކުރެވުނު މި ތަފާސްހިސާބުތަކުގައި ހިމެނެނީ އަހަރަކު 20 މިލިއަން ޔުއާން (2.74 މިލިއަން ޑޮލަރު) އަށްވުރެ މަތީގެ އާމްދަނީއެއް ލިބޭ ވިޔަފާރިތަކެވެ.

މި ލިޔުމާ ގުޅޭ