މުއްސަނދިކަމުގައި 200 ބިލިއަން ޑޮލަރުގެ މޭލުގާ ފަހަނައަޅައި ގޮސްފި

އިބްރާހީމްް ސަމީރު
ޖުލައި 6, 2025

އާދަޔާ ޚިލާފް މުއްސަނދިކަމުގައި 200 ބިލިއަން ޑޮލަރުގެ މޭލުގާ ފަހަނައަޅައި ގޮސްފައިވަނީ އެންމެ ހަތަރު އިންސާނެކެވެ. އެމީހުންގެ މުއްސަނދިކަން އެތައް ގައުމެއްގެ އިޤްތިޞާދާ އެއްވަރެވެ.

އެލޮން މަސްކް: 361 ބިލިއަން ޑޮލަރު (ދެކުނު އެފްރިކާގެ އިގްތިސާދާ އެއްވަރު)

މާކް ޒުކަބާގް: 252 ބިލިއަން ޑޮލަރު (ހަންގޭރީގެ އިގްތިސާދަށް ވުރެ ބޮޑު)

ޖެފް ބެޒޯސް: 241 ބިލިއަން ޑޮލަރު

ދުނިޔޭގެ ބިލިއަނަރުންގެ އަދަދު ވަނީ 3،028 އަށް އަރާފައެވެ. މިއީ ތާރީޚުގައި އެންމެ މަތީ އަދަދަކަށް ސާދާގަރުން ދުނިޔޭގައި ފާޅުވި ފަހަރެވެ.

ސީއީއޯވޯލްޑް މަޖައްލާއިން ކޮސްމޯސް އެނަލިޓިކާއާ ގުޅިގެން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މި ބިލިއަނަރުންގެ ޖުމްލަ މުއްސަނދިކަން 16.1 ޓްރިލިއަން ޑޮލަރަށް އަރައެވެ.

މިއީ ހަމައެކަނި އެމެރިކާ އާއި ޗައިނާ ނުހިމަނައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ޖުމްލަ ޖީޑީޕީއަށް ވުރެ ބޮޑު އަދަދެކެވެ. މި ބިލިއަނަރުން ޤައުމުތަކުގެ މެދުގައި ބަހާލެވިފައި ވަނީ އަންނަނިވި ގޮތަށެވެ.

  • އެމެރިކާ: 902 ބިލިއަނަރުން
  • ޗައިނާ: 450 ބިލިއަނަރުން
  • އިންޑިއާ: 205 ބިލިއަނަރުން
  • ޖަރުމަނު، ރަޝިޔާ، އިނގިރޭސިވިލާތް، ބްރެޒިލް، ކެނެޑާ، ފްރާންސް، އަދި އިޓަލީގައި ދެން ތިބި ބިލިއަނަރުން ތިބެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި %1 މީހުންގެ މުއްސަނދިކަމުން ދުނިޔޭގެ ފަގީރުކަން 22 ގުނައަށް ނައްތާލުމަށް ފުދެއެވެ!

މި ލިޔުމާ ގުޅޭ