ނަތަންޔާހޫ އަންހެނުންނާ ގުޅުން ނުބާއްވާތީ މަގާމުން ވަކިކޮށްފި

އިބްރާހީމްް ސަމީރު
ޖުލައި 6, 2025

އެމެރިކާ ދަތުރުގެ ކުރިން ނަތަންޔާހޫ އޭނާގެ ސިޔާސީ ތަރުޖަމާނު އޮމަރު ދޯސްޓްރީ ވަޒީފާއިން ވަކިކޮށްފިއެވެ.

ޔަހޫދީންގެ ގައުމުގެ އިބްރާނީ ބަހުން ޝާއިއު ކުރާ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ބޮޑުވަޒީރުގެ އޮފީހުގައި ދޯސްޓްރީއާ ގުޅިގެން ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިފައި ވެއެވެ. އިބްރާނީ މަސްދަރުތަކުން ބުނަނީ ދޯސްޓްރީ ވަޒީފާއިން ވަކި ކުރީ ނަތަންޔާހޫގެ އަނބި ސާރާ ބުނާ ގޮތަށް ނުހަދާތީއެވެ. އަދި މީގެ މަހެއްހާ ދުވަސް ކުރިން ދޯސްޓްރީގެ ބާރު ކަނޑުވާލައި ސާރާ ނަތަންޔާހޫ ވަނީ އޭނާގެ ރައްޓެއްސެއްގެ ދަރިއެއް ކަމަށްވާ ޒިވް އަގްމޮން އިތުރު ތަރުޖަމާނަކަށް އައްޔަން ކޮށްފައި ކަމަށްވެސް ބުނެއެވެ.

ދޯސްޓްރީއަކީ ޕްރޮޕެގެންޑާ ކުރުމުގެ ރޮނގުން ޕިއެޗްޑީ ނަގާފައިވާ މީހެކެވެ. އަދި އޭނާގެ ބަދަލުގައި އައްޔަން ކުރި ޒިވް އަގްމޮންއަކީ ވިޔަފާރީގެ ދާއިރާއިން ކިޔަވާފައިވާ މީހެކެވެ.

މި ލިޔުމާ ގުޅޭ