ޖަރުމަން ފުލުހުންނަށް މުސާރަ ދެނީ އިޒްރޭލުން

އިބްރާހީމްް ސަމީރު
ޖުލައި 6, 2025

ފަލަސްޠީނަށް ސަޕޯޓުކޮށް މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ޖަރުމަން ފުލުހުން އަނިޔާވެރިކޮށް ކުރިމަތިލައި ފިޔަވަޅު އަޅަމުންދާތީ ޖަރުމަން ފުލުހުންނަށް މުސާރަ ދެނީ އިޒްރޭލުންތޯ އާންމުން ސުއާލު ކުރަން ފަށައިފިއެވެ.

ޖަރުމަން ފުލުހުން ވަނީ ފަލަސްޠީނަށް ސަޕޯޓުކޮށް މުޒާހަރާ ކުރާ މީހުން ހައްޔަރު ކޮށްފައެވެ. އަދި ފަލަސްޠީނަށް ތާއީދުކޮށް ޔަހޫދީ ޒަޔަނިސްޓުންގެ ހަނގުރާމައިގެ ޖަރީމާތައް ހިންގާ އައިޑިއެފް (ސިފައިން)އާ ދެކޮޅަށް ފާޑު ކިޔުމުން ފުލުހުން މިހުންގެ އަނގަޔަށް އަތްބާނައި އެމީހުންގެ އަނގަ ބަންދުކުރަންވެސް މަސައްކަތް ކުރެއެވެ.

ފާޑު ކިޔާ ފަރާތްތަކުން ބުނަނީ ނާޒީންނަށް އެއް ޒަމާނެއްގައި ތާއީދު ކުރި މި ގައުމުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތުން ޖަރުމަންވިލާތުގައި އަނެއްކާވެސް ޑިމޮކްރެސީގެ ހާލަތާ މެދު މިހާރު ކަންބޮޑުވާ ކަމަށެވެ.

ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި މުޒާހަރާ ކުރި މީހުން ވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޒަޔަނިސްޓު ޔަހޫދުން ހިންގާ ގަތުލުއާންމުތައް ހުއްޓާލުމަށް ގޮވާލައި ކާފިޔާ އަޅައިގެން ފަލަސްތީނުގެ ދިދަ ހިފައިގެން މުޒާހަރާ ކޮށްފައެވެ.

މި ލިޔުމާ ގުޅޭ