ޕާކިސްތާނަށް އިންޑަސް ކޯރުގެ %80 ފެން ލިބޭ

އިބްރާހީމްް ސަމީރު
ޖުލައި 6, 2025

އިންޑިއާއިން ފަހަލްގަމްގެ ޓެރަރިސްޓް ހަމަލައާ ގުޅިގެން އެޅި ފިޔަވަޅަށް ޕާކިސްތާނުން ވަނީ އެއީ ”އެއްފަރާތަކުން އަމިއްލައަށް އަޅާފައިވާ ގާނޫނާ ހިލާފު“ ފިޔަވަޅެއް ކަމަށް ލޭބަލްކޮށް ފައެވެ. އިންޑިއާއިން އިންޑަސް ކޯރުގެ ފެން ހިއްސާ ކުރާ މުއާހަދާ އަށް އަމަލު ކުރުން ހުއްޓާލަމުން އިންޑިއާއިން ބުނަނީ ޕާކިސްތާނުން ދެގައުމުގެ ދެމެދު އިތުބާރު ހިފޭ ގޮތަކަށް ޓެރަރިޒަމްގެ އަމަލުތައް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އިންޑަސް ކޯރުގެ ފެން ހިއްސާ ކުރާ އިންޑިއާ ޕާކިސްތާންގެ އެއްބަސްވުމަށް އަމަލުކުރުން އިންޑިއާއިން ވަގުތީ ގޮތުން ހުއްޓާލުމަށް އިންޑިއާއިން ނިންމި ނިންމުން އުވާލުމަށް އިލްތިމާސްކޮށް ޕާކިސްތާނުން އިންޑިއާއަށް ސިޓީއެއް ފޮނުވައިފިއެވެ.

އިންޑިއާގެ އަމަލަށް ރައްދު ދެއްވަމުން ޕާކިސްތާންގެ ސިޔާސީ ލީޑަރު ބިލާވަލް ބުއްޓޫ ޒަރްދާރީ ވަނީ ފެން ބަންދުކުރުމަކީ ”ޕާކިސްތާން ވުޖޫދުގައި އތޮމަށް ނުރައްކަލެއް“ ކަމަށް އިންޒާރު ދެއްވައި، ހަނގުރާމައަކަށް އިޝާރާތް ކުރައްވާފަ އެވެ. ނަމަވެސް ތިން ހަނގުރާމައަކާއި އެތައް ހާސް ޓެރަރިސްޓް ހަމަލާތަކެއްގެ ޒިންމާ އުފުލާ ޕާކިސްތާނުން މިހާރު އިހުތިޖާޖު ކުރަނީ އެގައުމުގެ އަމަލުތަކުން ދިމާވެފައވާ ނަތީޖާއާ މެދުގައެވެ.

އިންޑިއާއާއި ޕާކިސްތާނުން ހެޔޮ ނިޔަތުގައި ސޮއިކުރި 1960 ވަނަ އަހަރުގެ މުއާހަދާގައި ޕާކިސްތާނަށް އިންޑަސް ކޯރުގެ %80 ފެން ލިބޭ ގޮތަށް ހަދާފައި ވެއެވެ. އަދި އެކޯރުގެ ފެން ފައިބާ ސަރަހައްދުގެ %47 ކޮންޓްރޯލް ކުރެވެއެވެ. %39 ފެނާއެކު އިންޑިއާއަށް ލިބެނީ ފެން ފައިބާ ސަރަހައްދުގެ %20 އެވެ.

އިންޑިއާއިން ހިންގާ ޑޭމްގެ މަޝްރޫއުތަކާ މެދު ޕާކިސްތާނުން ތަކުރާރުކޮށް އިއުތިރާޒު ކުރުމުން ގޮސްފައި ވެއެވެ. އަދި އެތންތަން ބިނާ ކުރުމަށް ލަސްތަކެއް ކުރިމަތި ވެގެން ދިޔައެވެ. ޓޫލްބުލްއަށް 2012 ވަނަ އަހަރު ދިން ހަމަލާއާއެކު ޓެރަރިޒަމްގެ ސަބަބުން ކުރިއެރުންތަކަށް ބުރޫއެރިއެވެ.

މި ލިޔުމާ ގުޅޭ