ޝެއިޚު ޖައުލާނީއަށް މަގު ދެއްކެވުމަށްޓަކައި އިނގިރޭސި ޚާރިޖީ ވަޒީރު ދިމިޝްޤްގައި

އިބްރާހީމްް ސަމީރު
ޖުލައި 7, 2025

އިންތިޚާބަކާ ނުލައި ސޫރިޔާގެ ވެރިކަން ހޯއްދަވާފައިވާ ޝެއިޚު ޖައުލާނީއާ ބައްދަލުކޮށް ޑިމޮކްރެސީއަށް މަދު ދައްކަވައި އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލަމީ ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

ސޫރިޔާގެ ރިއާސީ ގަނޑުވަރުން އާންމު ކުރި ފޮޓޯތަކުން ފެންނަނީ ޝެއިޚު ޖައުލާނީ އުފަލާއެކު އިނގިރޭސި ޚާރިޖީ ވަޒީރު ލަމީއާ ބައްދަލު ކުރައްވާ ތަނެވެ. ޝައިޚު ޖައުލާނީ ގެ މި ބައްދަލު ކުރެއްވުމުގައި ސޫރިޔާގެ ފޮރިން މިނިސްޓަރު އަސަދުއްޝައިބާނީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ލަމީ ވަނީ ”ސޫރިޔާ ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ހަމަނުޖެހުންތަކަށް ފަހު އައު ޒަމާނަކަށް އަލި ވިލާފައިވާތީ އެކަމަށް އުފާ ފާޅުކުރައްވާފައެވެ.“

”އިނގިރޭސިވިލާތުން ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރަނީ ސީރިއާގެ ހުރިހާ ރައްޔިތުންނަށް ވެސް ހަމަޖެހޭ، ރައްކާތެރި އަދި ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް“ ކަމަށް ލަމީގެ އޮފީހުން ނެރުނު ބަޔާންގައި ބުނެފައި ވެއެވެ. އަދި ޝެއިޚު ޖައުލާނީގެ ”އާ ސަރުކާރަށް ތާއީދު ކުރުމަކީ އިނގިރޭސިންގެ މަސްލަހަތަށް ވާތީ،“ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މި ބައްދަލު ކުރެއްވުމުގައި ލަމީ ވަނީ ޑިމޮކްރެސީއަށް މަގު ދެއްކެވުމަށްޓަކައި ޝެއިޚު ޖައުލާނީއަށް ނަސޭހަތްތެރިވެ އިރުޝާދު ދެއްވާފައެވެ.

މި ލިޔުމާ ގުޅޭ