ޕާކިސްތާނުގެ ސިފައިންގެ އަމަލުތައް އަނެއްކާވެސް ބައިނަލްއަޤްވާމީ ފަރާތްތަކުން ކުށްވެރި ކޮށްފިއެވެ. ސިފައން ވަނީ ބަލޫޗީންގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ޑރ. ސަބީހާ ބަލޫޗުގެ ގެއަށް ރެއިޑްކޮށްފައެވެ.
އޭނާއަކީ ބަލޫޗް އެކްޓިވިސްޓެއްގެ އިތުރުން ބަލޫޗް ޔަކްޖެހްޓީ ކޮމިޓީ (ބީ.ވައި.ސީ) ގެ އިސް މެންބަރެއް ވެސް މެއެވެ.
ސިފައިން ވަނީ ކޯޓު އަމުރެއް ނެތި ބަލޫޗިސްތާނުގައި ހުންނަ އޭނާގެ އާއިލީ ގެއަށް ވަދެ އާއިލާގެ މެމްބަރުންނަށް އުނދަގޫކޮށް އިންޒާރު ދީފައެވެ. މިކަން ދަ ބަލޫޗިސްތާން ޕޯސްޓުން ރިޕޯޓު ކޮށްފައި ވެއެވެ.
ޕާކިސްތާންގައި ނިޒާމުން ގެއްލުވާލާ މީހުންގެ މައްސަލަތަކުގައި ވަރުގަދަ ފާޑުކިޔާ ޑރ.ސަބީހާ ސިފަކުރެއްވި ގޮތުގައި މި ރޭޑަކީ ޚިޔާލުތަފާތުވުންތައް ހިންދާ ލުމަށް އަމާޒުކޮށްގެން ހިންގާ ”ޖަމާޢީ އަދަބު ދިނުމުގެ ނިޒާމީ ކެމްޕޭނެއް“ ކަމަށެވެ.
މީގެ ތިން މަސް ކުރިން ޕާކިސްތާނުގެ ސިފައިން ވަނީ އޭނާގެ ބައްޕަ ވަގަށ ނަފާފައި ކަމަށް ވިދާޅުވިއެވެ. އޭނާ އަދިވެސް ނިޒާމުން ގެއްލިފައިވާއިރު، އެކަމުގެ ރަސްމީ މައުލޫމާތެއް ދީފައެއް ނުވެއެވެ. ޑރ.ސަބީހާ ތުހުމަތު ކުރައްވާ ގޮތުގައި ބީއައިސީ ކުށްވެރިކޮށް މަސައްކަތް ހުއްޓާލުމަށް ޕްރެޝަރު ކުރިމަތިވާ ކަމަށާއި، ޕާކިސްތާނުން ކައުންޓަރ ޓެރަރިޒަމް ނިވާފަތްގަނޑަކަށް ހަދައިގެން އެކްޓިވިސްޓުންނަށް އަމާޒުކޮށްގެން އުދަގޫ ކުރާ ކަމަށް ވިދާޅުވިއެވެ.
ސުލްހަވެރި ބަލޫޗީ އަޑުތަކާ ދެކޮޅަށް ޕާކިސްތާނުން އަޅަމުންދާ ފިޔަވަޅުތައް އިތުރުވަމުންދާތީ އެކަމާ ދެކޮޅަށް އެމްނެސްޓީ އިންޓަނޭޝަނަލް އާއި އދ ފަދަ ދުނިޔޭގެ އިދާރާތަކުން ތަދައްޚުލްވުމަށް ބަލޫޗީ ގޮވާލެއްވި އެވެ.






