އިންޑިއާގެ އައިޕީއޯ މާކެޓުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 46 ބިލިއަން ޑޮލަރުގެ 108 ޑީލް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޒީ ބިޒްނަސްއިން ރިޕޯޓުކޮށްފިއެވެ.
މިއީ، ޓެކްނޮލޮޖީގެ ދައިރާއާއި އިއާދަކުރަނިވި ހަކަތަ، އަދި ކޮންސިއުމަރ ގުޑްސް ފަދަ ދާއިރާތަކުން އިންޑިއާގެ އިގްތިސާދީ ކުރިއެރުމަށް އިންވެސްޓަރުންގެ އިތުބާރު ވަރުގަދަ ކަން ދައްކައިދޭ ކަމެއް ކަމަށް ޒީ ބިޒްނަސް އިން ބުނެއެވެ.
މި ޑީލްތަކުގެ ތެރޭގައި، ޓެކްނޮލޮޖީގެ ދާއިރާގެ ސްޓާޓްއަޕްތަކާއި ގްރީން އެނާޖީ ފަރުމާތައް ހިމެނެއެވެ. އަދި މި ހައި ޕްރޮފައިލް ލިސްޓިންތަކުގެ ސަބަބުން ޙިއްސާގެ ބާޒާރުގައި ރެކޯޑެއް ހަދާފައި ވެއެވެ.
ޒީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރީޓެއިލް އިންވެސްޓަރުންގެ ބައިވެރިވުން ވަނީ އައިޕީއޯތަކުގައި އިތުރުވެފައެވެ. އަދި އެކަންކަން މެދުވެރވާން ދިމާވާ އަނެއް ސަބަބަކީ، ޑިޖިޓަލް ޕްލެޓްފޯމްތަކާއި މާކެޓުގެ ރަނގަޅު ހާލަތު ރަނގަޅުވުން ކަމަށްވެސް ދައްކައެވެ.
މިކަމުން އެހެން ކަމެއް ފާހަގަ ކުރެވޭ ކަމަށްވެސް ޒީ އިން ބުނެއެވެ.، އެއީ، ޑީލް ގެ އަދަދުތައް ދަށް ވުމެވެ. އެކަމަކީ، ދުނިޔޭގެ އިގްތިސާދީ ޔަގީންކަން ނެތުމުގެ ސަބަބުން ކުދި ކުންފުނިތަކުގެ މެދުގައި ފަރުވާތެރިވުން އިތުރު ވެފައިވާ ކަމެއް ކަމަށް ލަފާކޮށްފައި ވެއެވެ.
އިންޑިއާގެ ރެގިއުލޭޓަރީ އިސްލާހުތަކާއި ކުންފުނިތައް ހިއްސާގެ ބާޒާރުގައި ބައިވެރި ކުރުމުގެ ލިސްޓިން ޕްރޮސެސްތަކުގެ ސަބަބުން މާކެޓަށް ވަނުން ފަސޭހަ ވެފައި ވެއެވެ. އަދި އިންޑިއާ އަކީ އައިޕީއޯގެ އެންމެ މަތީ މަންޒިލެއްގެ މަގާމު މިހާރު ހޯދާފައިވާ ޤައުމެކެވެ.
މުހައްލިލުން ލަފާކުރާ ގޮތުގައި މިކަން އެއް ވާނަކަސް ދެމެހެއްޓިއްޖެނަމަ، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އިންފްރާސްޓްރަކްޗާ އާއި ހެލްތްކެއާގެ ދާއިރާގެ ކުންފުނިތަކުން އަލަށް ހިއްސާގެ ބާޒާރަށް ވަނުމަށް ހިއްސާ ވިއްކަން ފެށުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބެލެވެއެވެ. ނަމަވެސް މާކެޓް ގެ ހައްސާސްކަމާއި ސަރަހައްދީ ސިޔާސީ ހިރާސްފަދަ މައްސަލަތަކާއެކުވެސް އިންޑިއާގެ އައިޕީއޯ މާކެޓަކީ އިގްތިސާދީ ކުރިއެރުމުގެ މުހިއްމު ޑްރައިވަރެއްގެ ގޮތުގައި ފާހަގަ ކުރެވޭ މާކެޓެކެވެ.
އިންޑިއާއިން 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އިންވެސްޓްމަންޓް ކޮންފިޑެންސް އުޅުނީ %12.6 ގައި ކަން ފާހަގަ ކުރެވެއެވެ. އަދި މިއީ 32 އިޤްތިޞާދުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެވެ.






