މޫސާ އިބްރާހީމް މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާ

ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަަރާލައިފި

މުހައްމަދު އަލީ
ޖުލައި 28, 2025

ތޫނުއެއްޗަކުން މީހަކަށް ހަމަލާދީ މަރާލައިފިއެވެ. މިހާދިސާ ހިނގާފައިވަނީ ލ. މާވަށުގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:12 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަނިވި މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ނިޔާވެފައިވަނީ ލ. މާވަށު. ނަލަހިޔާ، މޫސާ އިބްރާހީމް (29) ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

އޭނާ މަރުވެފައިވަނީ މާރާމާރީއެއްގެ ތެރެއިން ކަމަށް މިހާތަނަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިކަމުގެ ތުހުމަތުގައި ފުލުހުންވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހީމް (29) ހައްޔަރު ކޮށްފައެވެ. ފުލުހުން ދަނީ މިމައްސަލަ ބަލަމުންނެވެ.

މި ލިޔުމާ ގުޅޭ