ގޭޖް ޕްރައިވެޓް ލިމިޓެޑްގެ 15 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް ޝަރަފުވެރިކޮއްދެއްވައިފިއެވެ. އެ މިނިސްޓްރީން ވިދާޅުވެފައިވަނީ މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ އެ ކުންފުނީގެ ޚާއްސަ އެވޯޑުތައް، އެވޯޑު ޙައްޤުވާ ފަރާތްތަކަށް ހަވާލުކޮށްދެއްވާފައި ކަމަށެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަނީ ގޭޖުން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އެހެން ކަމުން މުވައްޒަފުންނާއި، ކުންފުންޏަށް އެހީތެރިވެދޭ ފަރާތްތަކަށް ވަނީޝުކުރު އަދާކުރައްވާފައެވެ.
ގޭޖް ޕްރައިވެޓް ލިމިޓެޑަކީ ފާއިތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ކުންފުންޏެކެވެ. މިނިސްޓަރ ވިދާޅުވީ އަމިއްލަ ކުންފުނިތަކުގެ މިފަދަ ދައުރަށް ސަރުކާރުން ސަމާލުކަން ދެއްވާ ކަމަށެވެ. އިޤްތިޞާދީ ތަރައްޤީގައި އެ ފަރާތްތަކުގެ މުހިންމުކަން ވަރަށްބޮޑު ކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ކުންފުނީގެ ޚިދުމަތްތަކަށް ތައުރީފުކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކާމިޔާބީތައް ހޯދުމަށް ގޭޖް ޕްރައިވެޓް ލިމިޓެޑުގައި އެދިވަޑައިގެންފައެވެ
މިފަދަ ރަސްމިއްޔާތުތަކަކީ ކުންފުނިތަކުގެ ކުރިއެރުން ފާހަގަކުރުމުގެ އިތުރުން، އެފަދަ ކުންފުނިތަކުން މުޖުތަމަޢަށް ދެމުންދާ ޚިދުމަތްތަކަށް ސަރުކާރުން ދޭ ސަމާލުކަން ދައްކުވައިދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.






