ލާމަރުކަޒީ ނިޒާމުގެ ބޭނުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެ ދެއްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ ”ލާމަރުކަޒީ ނިޒާމުގެ މުޅި ބޭނުމަކީ ޑިމޮކްރެޓިކް އުސޫލުން ރަށްރަށާ އަތޮޅުތަކާ ސިޓީތައް ހިންގުން،“ ކަމަށެވެ.
ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން އަލުން އަނބުރާ ގަބުޅި ކަތީބުން ލައްވައިގެން ކުޑަކާފު ބޮޑުކާފު ޖެއްސުވި ބޯދާ ޒަމާން ދެން އިއާދައެއް ނުކުރެވޭނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިގޮތަށް ދެން ކުރިއަށްވެސް ނުދެވޭނޭ ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތައް ބަލައިނުގަނެ އެ ބަދަލުތަކާ ދެކޮޅަށް ތެދުވުމަށް ކައުންސިލަރުންނަށް އެމްޑީޕީން ގޮވާލައިފައިވާ ވަގުތެއްގައެވެ.






