ޔަހޫދީން ބައިވއެރިވާނަމަ އަޔަލެންޑުން ޔޫރޯވިޜަންގައި ބައިވެރި ނުވާނެ

އިބްރާހީމްް ސަމީރު
ސެޕްޓެމްބަރ 12, 2025

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހޮލޮކޯސްޓް ހަނގުރާމައަށް ފާޑުކިޔަމުން އަޔަލޭންޑުން ބުނަނީ ޔޫރޯ ވިޜަން ލަވަކިޔުމުގެ މުބާރާތުގައި ޔަހޫދީ ޓެރަރިސްޓް ދައުލަތް ތަމްސީލު ކުރާނަމަ އަންނަ އަހަރުގެ ޔޫރޯވިޝަން ލަވަ މުބާރާތުގައި ބައިވެރި ނުވާނެ ކަމަށެވެ.

އަޔަލެންޑްގެ ގައުމީ ބްރޯޑްކާސްޓަރު އާރުޓީއީ އިން ބުނެފައި ވަނީ ޔޫރޯވިޜަންގައި ބައިވެރިވުމާ މެދު ގޮތެއް ނިންމާނީ އިޒްރޭލު ބައިވެރި ކުރޭތޯ ބަލާފައެވެ.

އަޔަލެންޑުން ބުނެފައި ވަނީ ފަލަސްޠީނު މީހުންގެ ހޮލޮކޯސްޓް ހިންގާއިރު ޔަހޫދީންނާ އެއް މުބާރާތެއްގައި ބައިވެރިވުމަކީ އަޚުލާގީ ގޮތުން އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.

މި ލިޔުމާ ގުޅޭ