ރާޖަގިރި ހޮސްޕިޓަލުގެ ޓެލެމެޑިސިން ރާއްޖޭގައި ފަށައިފި

މުހައްމަދު އަލީ
ސެޕްޓެމްބަރ 14, 2025

ދިވެހީންގެ ތެރޭގައި މަޝްހޫރު އިންޑިއާގެ ހޮސްޕިޓަލެއް ކަމަށްވާ ރާޖަގިރި ހޮސްޕިޓަލުގެ ޓެލެމެޑިސިންގެ ޚިދުމަތް ރާއްޖޭގައި ފަށައިފިއެވެ.

މިއި ޚިދުމަތަކީ އެ ހޮސްޕިޓަލާއި ރާއްޖޭގެ އައިލެންޑު ކޯ ސޮލިޔުޝަން ގުޅިގެން ފަށައިފައިވާ ޚިދުމަތެކެވެ.

ޓެލެމެޑިސިންއަކީ، އިލެކްޓްރޯނިކް އޯޑިއޯ އަދި ވިޝުއަލް ވަސީލަތްތައް ބޭނުންކޮށްގެން، ބަލިމީހާއާއި ސިއްހީ ހިދުމަތްދޭ ފަރާތާ ދެމެދު ރިއަލް ޓައިމް ޓޫ-ވޭ ކޮމިއުނިކޭޝަން މެދުވެރިކޮށް، ރިމޯޓް ކްލިނިކަލް ހިދުމަތްތައްގެ ގޮތުގައި  ފޯރުކޮށްދެވޭ ޚިދުމަތެކެވެ.

ޓެލެމެޑިސިންގެ ފަސޭހަކަން

ޕްރައިމަރީ ކެއާގައި ޓެލެމެޑިސިން އާންމުކޮށް ހުންނަނީ ފޯނު ކޯލްގެ ގޮތުގައެވެ. މިއީ ބަލިމީހާ ފިޒިކަލީ ބެލުމުގެ ބަދަލުގައި ސިއްހީ މައްސަލަތަކާ ބެހޭގޮތުން ޑޮކްޓަރުގެ ލަފާ ހޯދުމެވެ.

ޓެލެމެޑިސިން އަކީ މެޑިކަލް ލަފާ ބޭނުންވާ ވަގުތު ފޭސް ޓު ފޭސް ކޮންސަލްޓޭޝަންގެ ބަދަލުގައި ފޯނުފަދަ ވަސީލަތްތައް މެދުވެރިކޮށް ޑޮކްޓަރުގެ ލަފައާއި އިރުޝާދު ހޯދުމެވެ.

މިވަގުތު ޓެލެމެޑިސިންގެ ހަގީގީ ދައުރަކީ ސީދާ ބަލިމީހާ ޑޮކްޓަރު ގާތަށް ފަރުވާއަށް ދިއުމުގެ ބަދަލުގައި ދުރުގައި ތިބެގެން ފަރުވާ ދިނުމެވެ. މީގެ ސަބަބުން ބަލިމީހާއަށާއި ޑޮކްޓަރުންނަށް ފަސޭހަވެގެން ދެއެވެ. އަދި މިއީ ޑޮކްޓަރަކަށް ނުވަތަ އެހެން ސިއްހީ ހިދުމަތްދޭ ފަރާތަކަށް ދައްކަން މަޑުކުރުމުގެ ޕްރޮސެސްއާ އަޅާބަލާއިރު ވެސް ޚަރަދު ކުޑަ ވަސީލަތެކެވެ.

ހަކުރުބަލި، ކޮލެސްޓްރޯލް، ނުވަތަ ލޭމައްޗަށް ދިއުން ފަދަ ދިގުމުއްދަތުގެ ބަލިތަކާއި މިފަދަ ބަލިތަކާ ގުޅިގެން ދިމާވާ އެހެނިހެން ބަލި ހުންނަ ބަލިމީހުން ފޮލޯއަޕް ހެދުމަށް ވެސް މިއީ އިންތިހާއަށް އަގުހުރި ފަސޭހަ ޚިދުމަތެކެވެ. ވަގުތީ ސިއްހީ މައްސަލައެއް ދިމާނުވާ، ނަމަވެސް ޑޯޒް އެޖެސްޓްމަންޓް، ލައިފްސްޓައިލް ރެޖިމަންސް، ޕްރިސްކްރިޕްޝަން ރީފިލް ނުވަތަ ހަމައެކަނި ގްރޫޕް ސަޕޯޓް ލިބުމުގައި އެހީތެރިކަން ބޭނުންވާ މި ފަރާތްތަކުގައި ޓެލެމެޑިސިންގެ ފަސޭހަކަމުން ފައިދާ ލިބިދާނެއެވެ.

ރާޖަގިރި ހޮސްޕިޓަލުގެ ޓެލެމެޑިސިން ސާވިސް ޚިދުމަތް

ރާއްޖޭގައި ތިބެގެން އޮންލައިންކޮށް ސްޕެޝަލިސްޓު ޑރ. އިންނަށް ދެއްކުން

ބަލިތައް

  • ކޮރޯނިކް ޑިޒީސަސް މެނޭޖުމަންޓް
  • އާތުރައިޓިސް
  • ހިތުގެ ބަލިތައް
  • ކެންސަރު
  • ފުއްޕާމޭގެ ބަލިތައް
  • އަލްޒައިމާސް ޑިޒީސް
  • މެންޓަލް ހެލްތު
  • ކިޑްނީ ބަލިތައް
  • ފުރަމޭގެ ބަލިތައް
  • އަންހެނުންގެ ޚާއްސަ ބަލިތައް
  • ހަމުގެ ބަލިތައް
  • ކުޑަކުދިންގެ ހާއްސަ ބަލިތައް
  • މިހެންގޮސް 60 އައްވުރެން ގިނަ ސްޕެޝަލްޓީސް ހިމެނެއެވެ. މީގެ އިތުރުން ރާޖަގިރި ހޮސްޕިޓަލްގެ ފެޓީ ލިވަރ ކްލިނިކް،އެޕިލެޕްސީ ކްލިނިކް،ތައިރޮއިޑް ކްލިނިކް ފަދަ ސްޕެޝަލިސްޓް ކްލިނިކްތަކަށް ގޭގައި ތިބެގެން ދައްކާލެވޭނެއެވެ. އަދި ރިޕޯޓްތައް ދެއްކުމާއި، ސެކަންޑް އޮޕީނިއަންގެ ހިދުމަތްވެސް ލިބިގެންދާނެއެވެ.އައިލެންޑް ކޯ ސޮލިޔުޝަންސް މެދުވެރިކޮށް ދައްކާ  އަދި ހޮސްޕިޓަލަށް ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަކަމެއް ދެވޭނެއެވެ.
  • ޚިދުމަތް އަވަސްވުން
  • ފްރީ ރެޖިސްޓްރޭޝަންސް

ހޮސްޕިޓަލުން ބޭނުންވާ އެހެން ކަންކަން އެޖެންޓަކާ ނުލައި ކުރެވޭނެއެވެ. އައިލެންޑް ކޯ ސޮލިޔުޝަންސް މެދުވެރިވެގެން ހޮސްޕިޓަލަށް ދާ ފަރާތްތަކަށް ހޮޓެލްބުކިން ހަދައިދެވޭނެއެވެ. އަދި

ފަރުވާގެ ޕްލޭނެއް ހަދައިދެވޭނެއެވެ. މީގެ ސަބަބުން ވަގުތު ސަލާމަތް ކުރެވޭނެއެވެ.

މެޑިކަލް ޚަރަދާއި އެހެނިހެން ޚަރަދު ހިނގާނޭ ވަރު ލަފާކުރުމަށްފަހު، ފުރުމުގެ ކުރިން ބަލައިދެވޭނެއެވެ.

އެޕޮއިންޓްމެންޓްމަންޓު ހެދުމާއި ޑޮކްޓަރަށް ދެއްކުމަށް 9991340 މިނަންބަރަށް ވަޓްސްއެޕް ކުރުމުން ކުރިއަށްދާންވީގޮތް ބުނެދޭނެއެވެ. އެއްދުވަސް ކުރިން އެޕޮއިންޓުމެންޓް ހަދަންވާނެއެވެ. އެޕޮއިންޓުމެންޓު ހެދޭނީ ހަފްތާއަކު ފަސް ދުވަހުއެވެ. އެއީ ހޯމަ، އަންގާރަ، ބުދަ ބުރާސްފަތި، ހޮނިހިރު ގައެވެ.

 

މި ލިޔުމާ ގުޅޭ