މާލޭ ބަނދަރުގައި އޮތް ބޯޓެއް

ކާގޯ ބޯޓަކުން މީހަކު ކަނޑަށް ވެއްޓިގެން ހޯދަނީ

މުހައްމަދު އަލީ
ސެޕްޓެމްބަރ 23, 2025

ވިލިމާލެ ބޭރުގައި އަޅާފައި އޮތް ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހެއް ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު ”އެމްއެސްވީ ޑައުލާ“ އިން އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓިގެން، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ކުރަމުން ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 23:35 ހާއިރު ކަމަށެވެ.

”ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ދަނީ ކުރަމުން. މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ އަދިވެސް ފެނިފައެއް ނުވޭ.“ އެމްއެންޑީއެފުން ބުންޏެވެ.

މި ލިޔުމާ ގުޅޭ