ފުލުހުންގެ މައިމަރުކަޒު: ބޮޑުގޯހެއް ނުހިނގަނީސް އާޓިފިޝަލް ބީޗުގައި ފުލުހުން ބައިތިއްބައިގެން ސަލާމަތީ ކަންކަން ބަލަހައްޓަންޖެހޭ/ ފޮޓޯ ހިރި

ސައިކަލެއްގެ މަޑިދަށުން މެކްބުކެއް ވަގަށްނެގި މީހަކު ޖަލަށްލައި ޖޫރިމަނާކުރަން ހުކުމްކޮށްފި

މުހައްމަދު އަލީ
ސެޕްޓެމްބަރ 23, 2025

ސައިކަލެއްގެ މަޑިދަށުން ”އެޕަލް ބްރޭންޑްގެ މެކްބުކް ޕްރޯ ލެޕްޓޮޕް“ އެއް ވަގަށްނެގި މީހަކު ޖަލަށް ކުމާއެކު ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ ހ. ވައްތީނުގަސްދޮށުގެ، މީފާއު ޝަކީބުގެ ސައިކަލް ނޫރާނީ ހިނގުމުގައި ޕާކް ކޮށްފައި ހުއްޓާ، އެސައިކަލުގެ މަޑިދަށުން މީފާއު ޝަކީބުގެ 47،070 ރުފިޔާގެ އަގުހުރި އެޕަލް ބްރޭންޑްގެ މެކްބުކް ޕްރޯ ލެޕްޓޮޕްއެއް ވަގަށް ނަގާފައިވާތީ ނ. ވެލިދޫ ހިފާޒް އަހްމަދު މާޖިދުގެ މައްޗަށް ދައުލަތުން ކުރި ދައުވާއެކެވެ.

މި ދައުވާގެ އިބުތިދާއީ މަރުހަލާގައި ދައުވާއަށް އިންކާރުކޮށް، މާޖިދު ބުނެފައިވަނީ ވަކީލަކު ބޭނުން ނޫން ކަމަށާއި، އެނާ ކުރިއަށްދާން ބޭނުންވަނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް ދިފާއުގައި ހެތްކެއް ހުށަހަޅާފައެއްނުވެއެވެ.

ނަމަވެސް ދައުވާގެ ޝަރީއަތުގެ މަރުހަލާގައި ދައުވާއަށް އިއުތިރާފްވެ އޭނާބުނެފައި ވަނީ، މަސްތުގެ ހާލަތުގައި ލެޕްޓޮޕް ނަގާފައިވާނެ ކަަމަށާއި، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރުމުން ކެޕްޓޮޕް ވީ ތަނާއި ހުރިހާ އެއްޗެއް ކިޔައިދީފައިވާނެ ކަމަށެވެ. އަދި މިނޫނަސް އިތުރު ވައްކަމުގެ މައްސަލަތައް އޭނާގެ މައްޗަށް ހުށަހެޅި ހިނގަމުންދާ ކަމށްވެސް ބުނެފައިވެއެެވެ.

އެހެންކަމުން ”އެޕަލް ބްރޭންޑްގެ މެކްބުކް ޕްރޯ ލެޕްޓޮޕް“ ވަގަށް ނަގާފައިވާކަން މާޖިދުގެ މައްޗަށް ސާބިތު ވެފައިވާތީ ވައްކަން ކުރުމުގެ ކުށުން މާޖިދު ކުސްވެރިވެއްޖެކަމަށް ކަނޑައަޅައި 16 ދުވަހަށް ޖަލަށް ކުމަށާއި، 25،600 ރުފިޔާއިން ޖޫރިމަނާކޮށް އިއްޔެއިން ފެށިގެން ހަތްދުވަހުގެ ތެރޭގައި މި ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.

ނަމަވެސް ހުކުމްގެ ކުރީގައި، މި މައްސަލައާގުޅިގެން އޭނާ ބަންދުކޮށްފައި ހުރި މުއްދަތު ކެނޑުމަށްފަހު އޭނާ ތަންފިޒުކުރަންޖެހޭ ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވާކަަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

މި ލިޔުމާ ގުޅޭ