ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލައިފި

މުހައްމަދު އަލީ
ސެޕްޓެމްބަރ 28, 2025

ގދ.ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލައިފިއެވެ.

މިއަދު ނައްތައިލާފައި ވަނީ 10 ފުޅި ބަނގުރަލާއި 57 ދަޅު ބަނގުރަލެވެ.

މި ތަކެއްޗަކީ މި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކާޑެއްދޫ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މި ލިޔުމާ ގުޅޭ