ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ކުރި އަމުރަކާ ގުޅިގެން ދެމީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ގދ. ތިނަދޫ / ދެވިނަގެ، ޝަހުމް އަހްމަދު (48އ) އާއި ޅ. ނައިފަރު / ހިތްފަސޭހަގެ، ޢަލީ ޔޫސުފް (39އ) އެވެ.
ޝަހުމް ހޯދަމުންދަނީ ބަންދުގައި ބަހައްޓައިގެން އަންނަ އޮކްޓޫބަރު މަހުގެއެއް ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
އަލީ ޔޫސުފް ހޯދަނީ ބަންދުގައި ބަހައްޓައިގެން ހަމަ އެ ދުވަހުގެ 10:45 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ޝަހުމް އާއި އަލީޔޫސުފާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުންވަނީ ބުނެފައެވެ.






