އެމްޑީޕީން ބާއްވާ ޕިކަޕް ޖަލްސާ މިރޭ 8:15 ގައި މާލޭ ކާނިވަލުން ފަށާނޭ ކަމަށް އެޕާޓީން ބުނެފިއެވެ.
މިއީ އޮކްޓޯބަރު 3 ގައި އެޕާޓީން ބާއްވާ އެއްވުން އިސްތިހާރު ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެވެ. މި އެއްވުން އިސްތިހާރު ކުރުމަށް އެމްޑީޕީން ގެންދަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލާގައި ދޮރުންދޮރަށް ހިނގުމުގެ ހަރަކާތްތަކެއްވެސް ބާއްވަމުންނެވެ. އަދި ބެނާ ހަރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މިއީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ގޮތުން އަޑުއުފުލަން ބާއްވާ އެއްވުމެކެވެ. މިއެއްވުމުގައި ބައިވެރިވާން މާލޭ ސަރަހައްދުންނާއި ރާއްޖޭގެ ދުރު ހިސާބުތަކުން މީހުންނަށް އަންނާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
މި ހަރަކާތުގައި ވީހާ ގިނަ މީހުން ބައިވެރިވުމަށް އެމްޑީޕީން ވަނީ އެދިފައެވެ.






