އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ރާއްޖެއަށް ތައާރަފްކޮށް ވިއްކަން ފަށައިފިއެވެ. މި ބްރޭންޑް އެސްޓޯއޯއިން ތަޢާރަފްކޮށްފައިވަނީ 28 ސެޕްޓެމްބަރ 2025 ވީ އާދިއްތަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެސްޓީއޯއިން މި ބްރޭންޑް ތަޢާރަފްކުރުމާއި އެކު ’އެލްޖީޓީވީ އިންޓްރޮޑިއުސިންގް އޮފަރ‘ ގެ ދަށުން ވަރަށް ހާއްސަ އަގުތަކެއްގައި ކަސްޓަމަރުންނަށް އެލްޖީ ޓީވީ ގަތުމުގެ ފުރުސަތު ލިބިގެންދާނޭ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އެގޮތުން، މި އޮފަރ ގެ ދަށުން ވިއްކާ އެލްޖީ ޓީވީ ތަކުން 10% އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނޭ ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ. މި އޮފަރ ގެ ދަށުން ޓީވީ ގަތުމުގެ އެންމެ ފަހު ތާރީޚަކީ 9 އޮކްޓޯބަރ 2025 ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެލްޖީ ބްރޭންޑުގެ ޓީވީ ތަކަކީ އާއްމުންގެ މެދުގައި މަޝްހޫރު އިތުބާރު ލިބިފައިވާ ބްރޭންޑެއްގެ ޓީވީތަކެކެވެ.






