ތޫނުއެއްޗަކުން މީހެއްގެ ބުރަކައްޓަށް ހަމަލާދިން ދެމީހުން ޖަލަށް

މުހައްމަދު އަލީ
އޮކްޓޯބަރ 1, 2025

ތޫނުއެއްޗަކުން މީހެއްގެ ބުރަކައްޓަށް ހަމަލާދިން މާރާމާރީގައި ބައިވެރިވި ދެމީހުން ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރި ވުމުގެކުގައި ދައުލަތުން ދައުވާކުރީ، ގއ. މާމެންދޫ ރިހިފަރުދާގެ އަހްމަދު ޝަމީމް އާއި ގުލްފާމްގެ މުހައްމަދު މާޒިން އާއި ބިލަތްމާގެ ޝަރަފް ރަޝީދު މައްޗަށެވެ.

މިމީހުންގެ މައްޗަށް ދައުވާކުރީ، 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ އަށްވަނަ ދުވަހުގެރޭ މާމެންދޫ ކަތިބެއްޔާ މަގާއި ކޭވަނެބެއްޔާމަގާ ގުޅުނު ހަތަރުއަނގޮޅި ކަންމަތީގައި ހުންނަ ވެރައިޓީސްކެއާ ކައިރިން މާމެންދޫ ވަގުތީމަންޒިލް ފިރުޝާން ޒާހިރުގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މާރާމާރީގައި އިތުރު ބަޔަކާއެކު ބައިވެރިެފައިވާކަމަށް ބުނެއެވެ.

ނަމަވެސް މި މާރާމާރީގައި ބައިވެރިވެފައިވާކަމަށް، އަހްމަދު ޝަމީމްގެ މައްޗަށްކުރި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރި ވުމުގެކުށް ސާބިތު ނުވާކަަމަށް ކަނޑައަޅައި، އެ މާރާމާރީގައި މާޒިން އާއި ޝަރަފް ބައިވެރިވެފައިވާކަން ސާބިތުވާތީ، މާޒިން 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، ޝަރަފް ހަތް އަހަރު ދުވަހަށް ޖަަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި ލިޔުމާ ގުޅޭ