މިސަރުކާރު މަގުމަތިން ޖަވާބުދާރީ ކުރުވަން މާދަން ނުކުމޭ: ދާންދޫ ރައީސް

މުހައްމަދު އަލީ
އޮކްޓޯބަރ 2, 2025

މިހާރު ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ރައްޔިތުންނަށް ގެއްލުމާއި ހަލާކާއި އަނިޔާ ލިބޭ ކަމަށް ދާންދޫދާއިރާގެ އެމްޑީޕީގެ ރައީސް ޣާލިބު ސަލީމް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވެފައިވަނީ މިވެރިކަމުގައި މިހާތަނަށް އައިއިރު ތަކެތީގެ އަގު އުފުލި ދިރިއުޅެން އުދަގޫވާ ހިސާބަށް ހިނގައްޖެ ކަމަށެވެ. ”ވިޔަފާރިތައް ފުނޑި، ލާމަރުކަޒީ ނިޒާމް އޮޅާލައިފި. ޖުޑިޝަރީގެ މިނިވަންކަން ނަގާލައިފި،“ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކުގައި ތަޅުއަޅުވައިފިކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ އަޅުންނަށް ހަދައިފި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައްޔިތުން އެތައް ގުރުބާނީއެއް ވެގެން އެތައް ދުވަހަކުން ހޯދައިފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންކަން ހުއްޓުވައި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވެސް މިސަރުކާރުން މިހާރު ވަނީ ފަށައިފައި ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ކަމުން ”ގައުމުގެ މިސްރާބު މިހުރީ ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމަކާ ދިމާއަށް،“ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިކަންން ހައްލު ކުރުމަށް މާދަމާ (ހުކުރު ދުވަހު) މިސަރުކާރު މަގުމަތިން ޖަވާބުދާރީ ކުރުވަން އެންމެން މާލޭގެ މަގުތަކަށް ނިކުންނަން ޖެހޭ ކަމަށްއޭނާ ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުމާ ގުޅޭ