ޔާމީންގެ ޕާޓީން މުއިއްޒުގެ ޕާޓީއަށް ބަދަލުވި ވައްޑެއަށް ސްޓޭޓް މިނިސްޓަރުކަން

މުހައްމަދު އަލީ
އޮކްޓޯބަރ 2, 2025

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ޕާޓީން، ސަރުކާރު ހިންގާ ޕީއެންސީއަށް ބަދަލުވި މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) އަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ.

މީގެކުރިން ވައްޑެ ވަނީ ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަ ދައްކަވައިފައެވެ.

ނަމަވެސް މިދިޔަ މަހު އޭނާ ވަނީ ރައީސާއި ފަސްޓް ލޭޑީގެ ކިބައިން މާފަށް އެދުމަށް ފަހު، ޕީއެންސީ އަށް ސޮއި ކޮށްފައެވެ.

މައާފަސް އެދި، ވައްޑެ ވިދާޅުވެފައި ވަނީ ރައީސްގެ ދެކަނބަލުންނަށް ބޭއަދަބީ ބަހުން، ވަރަށް ހުތުރުކޮށް އެއްޗެހި ވިދާޅުވެވުނީ ސިޔާސީ ޖޯޝުގައި ކަމަށެވެ.

މި ލިޔުމާ ގުޅޭ