މިއަދާއި މިރޭ މާލޭގެ އެކިސަރަހައްދުތައް ބަންދު ކުރަނީ

މުހައްމަދު އަލީ
އޮކްޓޯބަރ 3, 2025

ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި މާލޭގެ އެކި ސަރަހައްދުތައް ބަންދު ކުރާނޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ބަންދުކުރާނީ ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިރެއަކީ އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ހަމަޖައްސާފައިވާ ރެއެކެވެ. މިއެއްވުމަށް ރަށްރަށުން ވެސް މީހުން މާލެ އެބައާދެއެވެ.

އެހެންނަމަވެސް މިރޭ މާލޭގެ އެކި ސަރަހައްދުތައް އެކި ވަގުތުތަކުގައި ބަންދު ކުރަނީ ކޮންކަހަލަ އޮޕަރޭޝަނަކާ ގުޅިގެން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

މިކަމަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދޭ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިކަމަށްޓަކައި މާފަށް އެދޭ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ