މިރޭގެ މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައި ކަމަށް ފުލުހުން ވިދާޅުވި: ފޮޓޯ އެމްޑީޕީ

މިރޭގެ މުޒާހަރާއި ފުލުހުންނާ ދިމާއަށް ގަލާއި ފެންފުޅި އުކި: ފުލުހުން

މުހައްމަދު އަލީ
އޮކްޓޯބަރ 3, 2025

މިރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ފުލުހުންނާ ދިމާއަށް ބައިވެރިން ވަނީ ގަލާއި ފެންފުޅު އުކައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެ އަމަލު ހިންގި ފަރާތްތައް ހޯދައި ގާނޫނޫ ފިޔަވަޅު އަޅާނޭ ކަމަށެވެ. އޭގެ އިތުރުން ފުލުހުން ވިދާޅުވެފައިވަނީ އެމްޑީޕީން މިރޭ މުޒާހަރާ ކުރަން ދިމާކުރީ ކުރިން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް ކަމަށެވެ. އެއާ ޚިލާފަށް މަޖީދީ މަގުން ކުރިއަށްދާން އުޅުމުން އެގޮތަށް އަމަލު ނުކުރުމަށް އެންގި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ނަސޭހަތާއި އިންޒާރުވެސް ތަކުރާރުކޮށް ދީފައިވާނޭ ކަމަށް ވިދާޅުވެފައިވެއެވެ. އެހެނަސް އެއަށް އިޖާބަ ދިނުމެއްނެތު ބައިވެރިން ވަނީ ފުލުހުންނާ ދިމާއަށް ގަލާއި ފެންފުޅި އުކަން ފަށައިފައި ކަމަށް ވިދާޅުވެފައިވެއެވެ.

މިފަދަ ހަރަކާތްތަކުގައި ފުލުހުން މަސައްކަތް ކުރަމުންދާއިރު ފުލުހުންގެ ވާޖިބަށް ހުރަސް ނޭޅުމަށް ވެސް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

 

މި ލިޔުމާ ގުޅޭ