އިނގިިރޭސި ބޮޑުވަޒީރު ކީއެރ ސްޓާމަރ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދަޢުވަތަކަށް އޮކްޓޯބަރު 8 ން 9 އަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެއެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި އެކުލަވާލާފައިވާ ”ވިޝަން 2035“ ރޯޑްމެޕްގެ ދަށުން ކުރިއަށް ގެންދެވިފައިވާ މަސައްކަތްތައް މުރާޖަޢާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ރޯޑްމެޕްގައި ވިޔަފާރި، ޓެކްނޮލޮޖީ، ދިފާޢީ، މޫސުމީ ބަދަލުތައް، ސިއްޙަތު އަދި ތަޢުލީމީ ދާއިރާތަކުގައި 10 އަހަރުގެ މުއްދަތަށް އެއްބާރުލުން ހިމެނެއެވެ. އަދި މުންބާއީގައި ވިޔަފާރިވެރިންނާއި އިންޑަސްޓްރީގެ ބޭފުޅުންނާ ސްޓާމަރ ބައްދަލުކުރައްވައި، އިންޑިއާ-ޔޫކޭ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް ޓްރޭޑް އެގްރީމެންޓް (ސީއީޓީއޭ) ގެ ދަށުން ލިބޭ ފުރުސަތުތަކާ މެދު މަޝްވަރާކުރައްވާނެއެވެ.
ޖުލައި މަހު މޯދީ ޔޫކޭއަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ދިފާޢީ އިންޑަސްޓްރިއަލް ރޯޑްމެޕެއް ސޮއިކޮށްފައި، ވެއެވެ.އަދި ތިމާވެށީގެ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށ އެއްބަސްވެފައ ވެއެވެ. ސްޓާމަރ އަދި މޯދީ ގްލޯބަލް ފިންޓެކް ފެސްޓިވަލްގައި ތަޤްރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޖުލައި މަހު ސޮއިކުރެވުނު ސީއީޓީއޭގެ ދަށުން އިންޑިއާގެ 99 އިންސައްތަ އެކްސްޕޯޓަށް ޑިއުޓީ ފްރީކޮށް ޔޫކޭއަށް ވެއްދޭނެއެވެ. އަދި ޔޫކޭގެ 90 އިންސައްތަ މުދަލުން ޓެރިފް ނެގުން ހުއްޓާލެވޭނެއެވެ. މިހާރު 56 ބިލިއަން ޔޫއެސް ޑޮލަރުގައި ހުރި ދެ ޤައުމުގެ ވިޔަފާރި 2030 ވަނަ އަހަރާ ހަމައަށް ދެގުނަ ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.






