ދައްލާލް ޖެފްރީ އެޕްސްޓައިންގެ ޖިންސީ ވިޔަފާރީގައި އަތް ގާތްކޮށްދޭން އުޅުނު އޭނާގެ ލޯބިވެރިޔާ ގިސްލޭން މެކްސްވެލް އަށް ކޮށްފައިވާ 20 އަހަރަށް ޖަލަށް ލުމުގެ ހުކުމް ބާޠިލު ކުރުމަށް އެދި ހުށަހެޅި މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ. ސުޕްރީމް ކޯޓުން ވަނީ އެޕްސްޓައިން އަށް ޒުވާން އަންހެނުންނާއި އަންހެން ކުދިން ހޯދައި ގްރޫމް ކޮށްދޭން އުޅުނު ކުށުގައި މެކްސްވެލްއަށް ކޮށްފައިވާ 20 އަހަރުގެ ހުކުމް ދަމަހައްޓާފައެވެ.






