ބަލޫޗިސްތާނުގެ ޖައުފަރުއާބާދު ޑިސްޓްރިކްޓްގެ ދޭރާ އަތާއުﷲޔާރު ބައިޕާސް ސަރަހައްދުގައި ހިނގި ބޮން ގޮއްވާލުމުގެ ހާދިސާއެއްގައި 10 އަހަރުގެ ކުއްޖެއް ކަމުގައިވާ ޒާކިރު އަލީ މަރުވެއްޖެއެވެ. އަދި އޭނާއާއެކު އުޅުނު އޭނާގެ ކޮއްކޮއަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ވެފައިވެއެވެ.
މި ބޮމަކީ ގޮތް ނޭނގޭ ބަޔަކު ހަރުކޮށްފައި އޮތް ބޮމެއް ކަމަށް ފުލުހުން ބުނެއެވެ.
މި ބޮން ގޮވުމުގެ ސަބަބުން ކައިރީގައި ހުރި ފިހާރަތަކުގެ ކުޑަދޮރުތަކާއި އިމާރާތްތަކަށް ގެއްލުން ލިބިފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި މި ހަމަލާގެ އަމާޒަކީ ކޮން ބައެއްކަން އަދި ސާފުވެފައި ނުވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.
ޕާކސްތާންގެ ބާޣީ އަދި ޓެރަރިސްޓް ޖަމާއަތްތަކުން ތަކުރާރުކޮށް ބޮމުގެ ހަމަލަތައް ދެމުން ދެއެވެ.






