ޒުވާން ބޮޑީ ބިލްޑަރު މަރުވީ ކިނިހެއް؟

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 11, 2025

މަޝްހޫރު ޕަންޖާބީ އެކްޓަރ އަދި ޕްރޮފެޝަނަލް ބޮޑީބިލްޑަރ ވަރިންދަރ ސިންގ ގުމަން މަރުވެފައި ވަނީ އުމުރުން އެންމެ (47 އަހަރު) ގައެވެ. އޭނާއަކީ މިފަހަކަށް އައިސް ޒުވާން އުމުރުގައި މަރުވި ބޮޑީ ބިލްޑް ކުރާ މީހުންގެ ތެރޭން މަރުވި މަޝްހޫރު މީހެކެވެ.

އޭނާ މަރުވެފައި ވަނީ ފޯޓިސް އެސްކޯޓްސް ހޮސްޕިޓަލުގައި ކުރި ކޮނޑުގެ ސަރޖަރީއަކަށްފަހު ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހިގެންނެވެ.

ކޮނޑުގައި ރިއްސުމުގެ ސަބަބުން ކޮނޑު ހުޅުގެ ސަރޖަރީއެއް ހެދުމަށް ހޮސްޕިޓަލުގައި އެޑްމިޓްކުރި ގުމަންގެ ސަރޖަރީ ނިމުނީ މެންދުރުފަހު 3:00 ގައެވެ. އޭނާގެ ހާލަތު އެ ވަގުތު ހުރީ ރަނގަޅަ ކަމަށް ޑޮކްޓަރުން ބުނެއެވެ.

ނަމަވެސް މެންދުރުފަހު 3:35 ގައި ގުމަންއަށް ކުއްލިއަކަށް ހާޓްއެޓޭކެއް ޖެހުނެވެ. ގިނަ މެޑިކަލް ޓީމްތައް ވެގެން ވަގުތުން ފަރުވާދިނުމަށް މަސައްކަތްކުރި ނަމަވެސް، 5:36 ގައި އޭނާ ނިޔާވި ކަމަށް އިއުލާންކުރެވުނެވެ. ސަރޖަރީގެ ކުރިން އޭނާއަކީ އާދަޔާ ޚިލާފް އިތުރު އެއްވެސް ބައްޔެއް ނެތް މީހެއް ކަމަށް ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވެއެވެ.

މި ލިޔުމާ ގުޅޭ